ކުޅިވަރު

ފުރަތަމަ މެޗުގައި ވޯލްޑްކަޕް ކުޅުނު އެއްވެސް ކުޅުންތެރިއެއް 90 މިނެޓު ނުކުޅޭނެ: ފްލިކް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ފުރަތަމަ މެޗުގައި ވޯލްޑްކަޕް ކުޅުނު އެއްވެސް ކުޅުންތެރިއެއް 90 މިނެޓު ނުކުޅޭނެ: ފްލިކް

ހެންސީ ފްލިކް --

އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއިން ސީޒަންގެ ފުރަތަމަ މެޗުގައި މިރޭ އެލްޗޭއާ ދެކޮޅަށް ކުޅޭ މެޗުގައި ވޯލްޑްކަޕްގައި ކުޅުނު އެއްވެސް ކުޅުންތެރިޔެއް 90 މިނެޓު ނުކުޅޭނެކަމަށް އެ ޓީމުގެ ކޯޗު ހެންސީ ފްލިކް ބުނެފިއެވެ.

މިރޭ އެލްޗޭ މެޗުގެ ކުރިން ވާހަކަދައްކަމުން ފްލިކް ބުނީ ވޯލްޑްކަޕްގައި ކުޅުނު ކުޅުންތެރިން ތިބީ ވަރަށް ވަރުބަލިކޮށްކަމަށާއި، މިރޭ އެ ކުޅުންތެރިންނަށް އަރާމުކުރަން ވަގުތު ދޭނެކަމަށެވެ.

ބާސެލޯނާގެ މުހިންމު 14 ކުޅުންތެރިއެއް މިއަހަރު ވޯލްޑްކަޕް ކުޅުނުއިރު އެ ކުޅުންތެރިންގެ ބޭނުން އެންމެ ރަނގަޅަށް ނުހިފައި ކުޅުމަކީ އުނދަގޫކަމަކަށް ވާނެކަމަށް ވެސް ފްލިކް ބުންޏެވެ.

އެހެންނަމަވެސް އެ ޓީމުން މި ސީޒަންގައި ވެސް ނިކުންނާނީ ތަށިތައް ދިފާއުކޮށް ކުޅޭ ހުރިހާ މުބާރާތެއްގެ ތަށި ހޯދަން ކަމުން އެ ޓީމުން ވަރުގަދަ ޓީމުން ޖެހޭނީ ވަރުގަދަ ސްކޮޑެއް އޮތް ޓީމެއް ބުނާކުރަންކަމަށް އޭނާ ބުންޏެވެ. އެއްގޮތަކަށް ވެސް އިންޑިވުޖުއަލް މޮޅު ކުޅުންތެރިންތަކެއް އުފެއްދުމަކުން އެކަން ކާމިޔާބު ނުވާނެކަމަށް އޭނާ ބުންޏެވެެ.

އެހެންކަމުން ވަރުގަދަ ސްކޮޑެއް ބިނާ ކުރުމަށް ޓީމުގެ ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށް އެެ ކުޅުންތެރިންނަށް ފުރުސަތު ދޭންޖެހޭކަމަށް ފްލިކް ބުންޏެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމަށް ވަނީ ގިނަ ކުޅުންތެރިންތަކެއް ގެނެސްފައެވެ. އެގޮތުން ވޯލްޑަކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ ރޮޑްރީ 76.5 މިލިއަން ޔޫރޯއަށް އެ ޓީމަށް ވެސް ގެނެސްފައެވެ. އަަދި އިނގިރޭސި ތަރި އެންތޮނީ ގޯޑޮންގެ ސޮއި ވެސް ވަނީ ހޯދައިފައެވެ. ނިއުކާސަލްއިން އޭނާ ގެނެސްފައިވަނީ 80 މިލިއަން ޔޫރޯގެ އަގަކަށެވެ. އަދި ކަރީމް އަޑެޔޭމީގެ ސޮއި 30 މިލިއަން ޔޫރޯއަށް އެ ޓީމުން ވަނީ ހޯދައިފައެވެ. މީގެ އިތުރުން ތިންވަނަ ފަހަރަށް ޖޮއާއޯ ކޮންސެލޯ ވެސް ވަނީ އެ ޓީމަށް ގެނެސްފައެވެ. އަދި ބުރޫޖަށް ކުޅުމުންއައި ޒުވާން ފުވާޑު ޖެސޭ ބިސިވޫގެ ސޮއި ވެސް ވަނީ ހޯދައިފައެވެ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް