ޚަބަރު

އދ. ގެ ބައްދަލުވުމަށް ނައިބު ރައީސް ޙުސެއިން އެމެރިކާ އަށް ވަޑައިގެންފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އދ. ގެ ބައްދަލުވުމަށް ނައިބު ރައީސް ޙުސެއިން އެމެރިކާ އަށް ވަޑައިގެންފި

ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަޠީފް

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން (ޔޫއެންޖީއޭ 81) ގެ ހައި ލެވެލް ހަފްތާގައި ބައިވެރިވެ ވަޑައިގަތުމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެމެރިކާގެ ނިއުޔޯކް އަށް ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި ނައިބު ރައީސް މަތީ ފަންތީގެ ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ރަސްމީ ބަޔާން އިއްވަވާނެ އެވެ.

އަދި ދޭދޭ ޤައުމުތަކުގެ އިސްވެރިންނާ އެކު އަދި ގިނަ ޤައުމުތައް ގުޅިގެން ބާއްވާ ބައްދަލުވުންތަކުގެ މަޝްވަރާތަކުގައި ވެސް ނައިބު ރައީސް ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި އެވެ.

މީގެ އިތުރުން، އާންމު މަޖިލީހުގެ ބަހުސް ހުޅުވާލުމުގެ ރަސްމިއްޔާތާއި، އެ ބައްދަލުވުމުގެ ހަވާސާގައި ބާއްވާ ހަފްލާތަކުގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ނައިބު ރައީސް އަރިހުގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނައިބު ރައީސް މާލެ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހު އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް