ރާއްޖޭން ތެޔޮ ހޯދުމަށް މަަސައްކަތް ކުރުމަށް މެލޭޝިއާ ތެޔޮ ކުންފުންޏާ ވާހަކަ ދައްކާނަން: އަންވަރު
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި މެލޭޝިއާ ބޮޑުވަޒީރު އަންވަރު އިބްރާހިމް ---
ރާއްޖޭން ތެޔޮ ހޯދުމަށް މަަސައްކަތް ކުރުމަށް މެލޭޝިއާ ތެޔޮ ކުންފުނި ޕެޓްރޮނާސްއާ މަޝްވަރާކުރާނެކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން މިއަދު ހެނދުނު ރާއްޖެއާ މެލޭޝިއާ ދެމެދު ބޭއްވި ރަސްމީ ބައްދަލުވުންތަކަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ބޮޑުވަޒީރު އަންވަރު ދެއްވި ޖޮއިންޓު ޕްރެސްގައި ވާހަކަދައްކަވަމުން އަންވަރު ވިދާޅުވީ ޕެޓްރޮނާސްއަކީ މިހާރު ވެސް ދުނިޔޭގެ ގިނަ ގައުމުތަކުގައި ތެޔޮ ނެގުމުގެ މަސައްކަތް ކުރަމުންއަންނަ ކުންފުންޏެއްކަމަށެވެ.
އެހެންކަމުން ރާއްޖެއަށް ތެޔޮހޯދުމުގެ މަސައްކަތް ކުރުމަށް އައުމަކީ އެ ކުންފުންޏަށް އުނދަގޫ ކަމަކަށް ވާނެކަމެއްގެ ގޮތުގައި ނުދެކޭކަމަށް އަންވަރު ވިދާޅުވިއެވެ.
އަންވަރު ވިދާޅުވި ގޮތުގައި ޕެޓްރޮނާސް އިން މިހާރު އަންނަނީ ކެނެޑާ އާއި ބްރެޒިލް އާއި ޕެރޫ އާއި ތުރުކުމެނިސްތާނާއި ސޫދާނާއި ސޫރިނާމުގައި ވެސް މަސައްކަތްކުރަމުންނެވެ.
ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި އަންވަރު ވިދާޅުވި ގޮތުގައި މެލޭޝިއާގެ ކިބައިން އެދޭ ގިނަ ކަންތައްތަކެއް، ރައީސް ޑރ.މުހައްމަދު މުއިއްޒު އޭނާގެ ސަމާލުކަމަށް ގެންނެވި އެވެ. އެ ހުރިހާ ކަމަކަށް މެލޭޝިއާއިން އެޑްރެެސްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް