ޚަބަރު

ރާއްޖެ އައި މީހެއްގެ ލަގެޖުން ވަޒަން މެގަޒިނެއް ފެނި ބަންދަށް 10 ދުވަސް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ރާއްޖެ އައި މީހެއްގެ ލަގެޖުން ވަޒަން މެގަޒިނެއް ފެނި ބަންދަށް 10 ދުވަސް

ރާއްޖެއައި ބައެއް ފަތުރުވެރިން ---

ރާއްޖެއަށް ވައިގެ މަގުން އެތެރެވި އެމެރިކާ ރައްޔިތެއްގެ ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިނެއް ފެނިއްޖެއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ހައްޔަރުކޮށްފައިވަނީ ‏އެމެރިކާ ރައްޔިތެއް ކަމަށްވާ ކޮބޯލް ބްރިޓެއިން ޓައިލާ، 36، އެވެ. ‏

ފުލުހުން ބުނީ  ‏މިމަހުގެ 24 ވަނަ ދުވަހު ރާއްޖެއަށް އައި އެ މީހާގެ ލަގެޖު ބަލައި ފާސްކުރިއިރު، ވަޒަން އަޅާފައިވާ މެގަޒިނެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މައްދަތަކަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް