މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް އަންހެން ގައިދީންނަށް ޖާގަ ތަނަވަސް މެސް ރޫމްއަކާއި ނަމާދު ކުރާ ގެއެއް
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
މާފުށީ ޖަލުގެ އަންހެން ޔުނިޓުގައި ޤާއިމުކުރި މެސް ރޫމް އާއި ނަމާދުކުރާ ގެ ހޯމް މިނިސްޓަރު އިހުސާން ހުޅުވައިދެއްވަނީ.
މާފުށީ ޖަލުގެ އަންހެން ޔުނައިޓުގައި ފުރަތަމަ ފަހަަރަށް ޖާގަ ތަނަވަސް މެސް ރޫމް އަކާއި، ނަމާދުކުރާ ގެއެއް ހުޅުވައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފައި ވަނީ، މާފުށީ ޖަލުގައި ހުޅުވި މެސް ރޫމް އާއި ނަމާދުކުރާ ގޭގެ ސަބަބުން އެ ޔުނިޓުގައި ބަންދުކޮށްފައިވާ ފަރާތްތަކަށް ކުރިއަށް ވުރެ ޖާގަ ތަނަވަސް އަދި ފަސޭހަ ގޮތެއްގައި ކެއިން ބުއިމާއި، އަޅުކަން އަދާކުރުމުގެ މަގު ފަހިވެގެން ދާނެ ކަމަށެވެ.
މާފުށީ ޖަލުގައި ޤާއިމުކުރި މި މެސް ރޫމް އާއި ނަމާދުކުރާ ގެ ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ. ސަރުކާރުން އަންނަނީ ރާއްޖޭގެ ޖަލު ތަކުގެ ޙާލަތު ރަނގަޅުކުރުމާ އެކު، ޖަލުތަކުަގއި ތިބޭ ގައިދީންނަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް