ކުޅިވަރު

ކުޑަހުވަދޫ ބަލިކޮށް ދ. އަތޮޅުގެ ޗެމްޕިއަންކަން މާއެނބޫދުއަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ކުޑަހުވަދޫ ބަލިކޮށް ދ. އަތޮޅުގެ ޗެމްޕިއަންކަން މާއެނބޫދުއަށް

މާއެނބޫދޫން ދ. އަތޮޅުގެ ޗެމްޕިއަން ޝީލްޑް އުފުލާލަނީ. -- ފޮޓޯ/ ދ. ކުޑަހުވަދޫ ކައުންސިލް

ކުޑަހުވަދޫއާ ވާދަކޮށް 3-0 އިން މޮޅު ވެގެން މާއެނބޫދޫ، އެފްއޭއެމް ފުޓްސަލް ދ. އަތޮޅު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފި އެވެ.

ކުޑަހުވަދޫގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާއެނބޫދޫގެ ފުރަތަމަ ލަނޑު ޖަހައިދިނީ އަހުމަދު ލަޔާއު ހަސަން ޒަރީރެވެ. ފަހު ހާފުގައި ލަނޑުތައް ޖަހައިދިނީ އަހުމަދު ޝައިހާނާއި އަކްރަމް އަހުމަދެވެ. މި މެޗުގެ މޮޅު ކުޅުންޔތެރިޔާގެ މަގާމް ހޯދީ ޝައިހާން އެވެ.

ދ. އަތޮޅުން ދެ ޓީމު ބައިވެރި ވުމުން މި ދެ ޓީމަށް ވެސް ވަނީ ޒޯން ކޮލިފައިން ބުރުން ޖާގަ ޔަގީން ވެފަ އެވެ.

އިއްޔެ ވަނީ ކ. އަތޮޅު ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު ދެ މެޗު ވެސް ކުޅެފަ އެވެ. ހަވީރު ގާފަރާއި ހިންމަފުށި ބައްދަލުކުރި މެޗު ނިމުނީ 3--3 އިން އެއްވަރު ވެގެންނެވެ. އަދި ރޭ ގުރައިދޫ ވަނީ 2-1 އިން މާފުށި އަތުން ބަލިވެފަ އެވެ.

މިއާ އެކު ގާފަރާއި ހިންމަފުށި ވަނީ ހަތަރު ރަށަކުން ވާދަކުރާ ކ. އަތޮޅުގެ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ދެ ޓީމު ވެސް ވަނީ ތިން މެޗުން ފަސް ޕޮއިންޓް ހޯދައިފަ އެވެ. މި އަތޮޅުގައި ދެން ވާދަ ކުރި މާފުށްޓަށް ހަތަރު ޕޮއިންޓް ލިބިފައި ވާއިރު ގުރައިދުއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ހިންމަފުށީ ދަނޑުގައި، ގާފަރާއި ހިންމަފުށި ބައްދަލުކުރާ ކ. އަތޮޅުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ރެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް