Article Top
ޚަބަރު •

ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި، ޒުވާން ކެޔޮޅަށް ވެސް ހާއްސަ އެވޯޑެއް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި، ޒުވާން ކެޔޮޅަށް ވެސް ހާއްސަ އެވޯޑެއް

މަސްވެރިއެއް -- ފޮޓޯ/ ޕީއެސްއެމް

މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު އަދި އަންހެން މަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފިޝަރީސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ކަމަށެވެ.

Advertisement
Article Inside

މިއަހަރުގެ މަސްވެރިކަމަށް ދޭން ހަމަޖެހިފައިވަނީ ހަތަރު އެވޯޑެކެވެ. އެއީ؛

  • މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)؛

  • މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)؛ އަދި

  • އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު.

  • މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު.

ފިޝަރީސް މިނިސްޓްރީން ބުނީ . އެވޯޑުތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމުތައް މިނިސްޓްރީގެ ވެބްސައިޓް www.fishagriocean.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެކަމަށެވެ.

މީގެ އިތުރުން އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅިދާނެކަމަށާއި، އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދޭކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް