ޚަބަރު

މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ދެނީ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ދެނީ

ރައީސް ޑރ. މުއިއްޒުއާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ---

މެލޭޝިއާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަންވަރު މިކަން ހާމަކުރެއްވީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ގައުމުގެ ވެރިންގެ ގުޅިފައިވާ ސްޓޭޓްމެންޓްގައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި އެ ގައުމުގެ ސެންޓްރަލް ބޭންކު، ނެގަރަ މެލޭޝިޔާ މެދުވެރިކޮށް 100 މިލިއަން ޑޮލަރުގެ ފައިނޭންސިލް ފެސިލިޓީއެއްގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށް ވިދާޅުވި އެވެ. އަދި މެލޭޝިއާއިން މި ފެސިލިޓީ ހަމަޖެއްސުމަށް އެއްބަސްވެފައިވާ ކަމަށް ބޮޑުވަޒީރު އަންވަރު ވިދާޅުވިއެވެ.

މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް އެ ދަރިވަރުންނާ އެކު އެ ގައުމުގައި ތިބެން ވިސާ ނުލިބޭ މައްސަލާގައި އޭނާ ވިދާޅުވީ އެއީ ބިއުރޮކްރެޓިކް މައްސަލައެއް ކަމަށާއި ދެން އެންމެ އަވަހަށް ބާއްވާ ކެބިނެޓް ބައްދަލުވުމަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ. 

މެލޭޝިއާއިން ސިއްހީ ފަރުވާ ހޯދާ ދިވެހިންނަށް ކުރިމަތިވާ ބައެއް ދަތިތަކުގެ މައްސަލަ ވެސް ހަމަ އެގޮތަށް ހައްލުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މެލެޝީއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ. އަންވަރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި މެލޭޝިއާ ދެމެދު މުހިންމު ދެ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

އެއް ދެ އެއްބަސްވުމަކީ ދިފާއީ ދާއިރާއިންނާއި، އިސްލާމީ ދާއިރާއިން އެއްބާރުލުން ދިނުމަށް ދެ ގައުމުގެ މެދުގައި ވެވުނު އެއްބަސްވުމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް