ޚަބަރު

ތޮއްޑޫގައި ޤަވާއިދާ ޚިލާފަށް އުޅުނު 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އަލީ އީމާން

ލިޔުންތެރިޔާ

ތޮއްޑޫގައި ޤަވާއިދާ ޚިލާފަށް އުޅުނު 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އއ.ތޮއްޑޫގައި އިމިގްޜޭޝަނުން ހިންގި އޮޕަޜޭޝަންގެ ތެރެއިން

އއ.ތޮއްޑޫގައި ޤަވާއިދާ ޚިލާފަށް އުޅުނު 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ސޯޝަލް މީޑިއާގައި އިމިގްރޭޝަންއިން އިއްޔަ އާންމުކޮށްފައިވާ ގޮތުގައި މި ބިދޭސީން ބަލައި ފާސްކޮށްފައިވަނީ އިއްޔެ އިމިގްރޭޝަންގެ ޚާއްސަ ޓާސްކްފޯހަކުން ހިންގައިފާވާ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިއި ވަނީ ހެނދުނު 6:00 އިން ހަވީރު 4:00 އަށް ކަމަށް އިމިގްރޭޝަން އިން ބުނެފައިވެ އެވެ.

އިމިގްރޭޝަން އިން ބުނަފައިވާ ގޮތުގައި މި އޮޕަރޭޝަން ހިންގާފައި ވަނީ ތޮއްޑޫގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ އަދަދު އިތުރުވުމުން އާންމުންގެ ޝަކުވާތައް ލިބުމުގެ ސަބަބުން ކަމަށެވެ. އަދި 5 ގަޑިއިރަށް ހިންގި އޮޕަރޭޝަންގައި 507 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު، 107 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އިމިގްރޭޝަން އިން ވަނީ ބުނެފައި އެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން އިތުރުވުމުގެ ސަބަބުން އިމިގްރޭޝަން އަދި ދައުލަތުގެ އެހެނިހެން މުއައްސަސާތައް ގުޅިގެން ރާއްޖެތެރޭގައި އަދި ގްރޭޓަރ މާލެ ސަރަހަައްދުގައި އެތައް އޮޕަޜޭޝަންތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި މި އޮޕަރޭޝަންތަކުގެ ސަބަބުން ނުޤަވައިދުން އުޅޭ އެތައް ބިދޭސީންނެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އެމީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް