އެނގޭތަ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުން އަޑުއިމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު 14 އިންސައްތަ އަށް ކުޑަކޮށްދޭ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ދުވުންތެރިން -- ފޮޓޯ/ ސޯޝަލް މީޑިއާ
ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުން އަޑުއިވުމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު 14 އިންސައްތަ އަށް ކުޑަކޮށްދޭކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
ޗައިނާގެ ޝަންހާއީގެ ފޫދާން ޔުނިވާސިޓީން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ނުކުޅެދުންތެރިވަނީ އަޑުއިވުމުގެ މައްސަލަތައް ކުރިމަތިވެގެންނެވެ.
މީގެ އިތުރުން އެ ދިރާސާއިން ދެއްކި ގޮތުގައި އަޑުއިވުމުގެ މައްސަލަތައް އެންމެ ގިނައިން އަޑުއިވުމުގެ މައްސަލަތައް ކުރިމަތިވެފައިވަނީ މެދުއުމުރުގެ މީހުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެ ތެރޭގައެވެ. ނަމަވެސް މިހާރު ޒުވާނުންނަށް ވެސް އެފަދަ މައްސަލަތައް ކުރިމަތިވާ މިންވަރު އިތުރުވަމުންއަންނަ ކަމަށް އެ ދިރާސާއިން ވަނީ ދައްކައިފައެވެ.
އެ ޔުނިވާސިޓީން ވަނީ އެ ދިރާސާގައި އުމުރުން 35 އަހަރާއި 60 އަހަރުގެ ހަތަރު ލައްކައަށް ވުރެ ގިނަ މީހުން ބައިވެރިކޮށްފައެވެ..
އެ ޔުނިވާސިޓީން ބުނީ އެ ދިރާސާގައި ބައިވެރިވި މީހުންގެ 60 އިންސައްތައަށްވުރެ ގިނަ މީހުންނަށް އަޑުއިވުމުގެ އުނދަގޫތައް ކުރިމަތިވެފައިވާކަމަށެވެ.
އެ ދިރާސާއިން ދެއްކި ގޮތުގައި އަޑުއިވުމުގެ މައްސަލަތައް ހުރި މީހުންގެ ތެރޭގައި ހިމެނެނީ ޑްރަގް ބޭނުންކުރާ މީހުންނާއި، އަޑުގަދަ ތަންތާންގައި ދިރިއުޅޭ މީހުންނާއި، ގަވައިދުން ހެލިފެލިވެ ނޫޅޭ މީހުންގެ އިތުރުން ކޮންމެވެސް ނައްޔެއްގެ ސަބަބުން އަޑުއިވުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ މީހުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނެވެ.
މީގެއިތުރުން އެ ދިރާސާއިން ދެއްކިގޮތުގައި އެ ޔުނިވާސިޓީން ބުނީ ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިވެފައިތިބި މީހުން އަޑު އިވުމުގެ އުނދަގޫކުރިމަތި ވެފައިހުރި މިންވަރުދަށެވެ. އަދި ކަސްރަތުކުރުމާއި، ރަނގަޅު ކާނާ ބޭނުންކުރާ މީހުންނަށް ވެސް އެ އުނދަގޫތައް ކުރިމަތިވެފައިހުރި މިންވަރުދަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް