ލަމްބޯގިނި ކާރު ދުއްވި ރިފާއުގެ ލައިސެންސު ހިފައްޓައި މައްސަލަ ތަހުގީގުކުރަން ފަށައިފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ލަމްބޯގިނި ކާރު އެކްސިޑެންޓުވެފައި
ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ބްރިޖު ސޯލާ ޕެނަލްތަކުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވި މީހާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ އިއްޔެގެ ހެނދުނު 8:42 ހާއިރުކަމަށެވެ.
މި އެކްސިޑެންޓުގައި ހޮޅިދަނޑިތަކުގައި ޖެހި ކާރު ވަނީ ފުރުޅާލާފައެވެ. މި ހާދިސާ ހިނގި ވަގުތު ކާރުގައި ތިބީ ކާރު ދުއްވި މިޔްނިކް / ބ.ކަމަދޫ، ހަސަން ރިފާއު ( 40އ) އާއި 13 އަހަރުގެ ކުޑަ ކުއްޖެއްކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ ފުލުހުން ވިދާޅުވީ، މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު ކާރުގެ ބައިތައް މިހާރު ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ކާރު ދުއްވި ހަސަން ރިފާއުގެ ޑްރައިވިން ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ރިފާއުގެ އިތުރުން އެ ކުޑަ ކުއްޖާއަށް ވެސް އަނިޔާވެފައިވާކަމަށާއި، އަދި އިތުރު ފަރުވާއަށް ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ ދެ މީހުންނަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން މިހާރު ދޫކޮށްލައިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް