ޚަބަރު

އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ޖަމީލާ އަށް މަޖިލީހުން ރުހުން ދީފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ޖަމީލާ އަށް މަޖިލީހުން ރުހުން ދީފި

އިނގިރޭސިވިލާތުގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް ނަން ފޮނުއްވި ޖަމީލާ އަލީ ޚާލިދު

ދިވެހިރާއްޖެ އިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށް ރައީސް ޑރ، މުޙައްމަދު މުޢިއްޒު ފޮނުއްވި ޖަމީލާ އަލީ ޚާލިދު އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަފީރު ކަމަށް ޖަމީލާ އައްޔަންކުރައްވަން ފެންނަ ކަމަށް 59 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ. މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން، ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީ އިން ވަނީ މި މައްސަލަ ދިރާސާ ކޮށްފައި އެވެ. އިނގިރޭސިވިލާތުގެ ސަފީރު ކަމަށް ޖަމީލާ އައްޔަން ކުރެއްވުމަށް ރައީސް މަޖިލީހަށް ނަން ފޮނުއްވާފައި ވަނީ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އެވެ.

ޖަމީލާ ވަނީ މީގެ ކުރިން ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމު ވެސް އަދާ ކުރައްވައިފަ އެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަމީލާ ވަނީ ދިވެހިރާއްޖެ އިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ މަޤާމު ވެސް އަދާކުރައްވައިފަ އެވެ.

އެންމެ ފަހުން ރާއްޖެ އިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައި ހުންނެވީ އިރުތިޝާމް އާދަމް އެވެ. ނަމަވެސް ފަހުން އެކަމަނާ ވަނީ ފޮރިން މިނިސްޓަރުގެ މަޤާމަށް އައްޔަން ކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް