ކުޅިވަރު

ބާސެލޯނާގެ އަރައުހޯ ލިވަޕޫލް އަށް ބަދަލުވެއްޖެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ބާސެލޯނާގެ އަރައުހޯ ލިވަޕޫލް އަށް ބަދަލުވެއްޖެ

ލިވަޕޫލްގެ ޖާޒީ އާއެކު އަރައުހޯ ފޮޓޯ އަކަށް ޙުއްޓިލައިގެން.

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ އުރުގުއޭގެ ރޮނާލްޑް އަރައުހޯ، ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލް އަށް ބަދަލު ވެއްޖެ އެވެ،

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ލިވަޕޫލް އަށް ބަދަލުވެފައި ވަނީ، އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ލިވަޕޫލް އިން ބޭނުންވާ ނަމަ ދާއިމީ ގޮތެއްގައި އޭނާ ހޯދުމުގެ ފުރުސަތު އެ ކުލަބަށް އޮންނާނެ އެވެ. ލިވަޕޫލް އާއެކު އަރައުހޯ އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، އެ ކުލަބުގައި އޭނާ ބޭނުން ކުރާނީ 33 ނަންބަރު ޖާޒީ އެވެ.

ބާސެލޯނާގެ ސީނިއާ ޓީމުން އަރައުހޯ އަށް ފުރުސަތު ލިބިފައި ވަނީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ބާސެލޯނާ އަށް ކުޅެދިން 213 މެޗުގައި 14 ލަނޑު ޖަހައިފަ އެވެ. އަދި ބާސެލޯނާ އާއެކު އަރައުހޯ ވަނީ އަށް ތައްޓެއް ވެސް ކާމިޔާބު ކޮށްފައި އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ތިން ފަހަރު ކާމިޔާބު ކުރުމާއި، ކޮޕާ ޑެލް ރޭ ދެ ފަހަރު ކާމިޔާބު ކުރުން އަދި ސްޕެނިޝް ސުޕަ ކަޕް ތިން ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

ބާސެލޯނާ އާއެކު އަރައުހޯ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަރު ހަމަވާން އޮތީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާގެ އެއްބަސްވުމުގައި ބާކީ ފަސް އަހަރު އޮތް ނަމަވެސް، ބާސެލޯނާ އިން ބޭނުންވީ ލޯނު އެއްބަސްވުމެއްގެ ދަށުން އަަރައުހޯ ދޫކޮށްލުމަށެވެ. އެއީ ބާސެލޯނާ އިން ކުރިއަށް އޮތް ސީޒަނަށް ގެންގުޅޭ ޕްލޭންގައި އޭނާ ނުހިމެނޭތީ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް