ސުމަކުން ފަށައިގެން، 1.3 ބިލިއަން ޑޮލަރުގެ ދަރަނި ދައްކައިފިން: ރައީސް މުޢިއްޒު
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ
މި ސަރުކާރު ފެށުނުއިރު ޤައުމުގެ އިޤްތިސާދު އޮތީ ރަނގަޅު ޙާލަތެއްގައި ނޫން ކަމަށާއި، ސުމަކުން ފަށައިގެން މިހާތަނަށް 1.3 ބިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، 2013 ވަނަ އަހަރުގެ ވެރިކަން ފެށުނުއިރާއި، 2018 ވަނަ އަހަރުގެ ވެރިކަން ފެށުނުއިރު ރާއްޖޭގެ ޙާލަތު އޮތް ގޮތާ މިވެރިކަނ ފެށުނުއިރު ޙާލަތު އޮތް ގޮތް ތަފާތު ކަމަށެވެ.
ދުވަހަކު ވެސް ރާއްޖޭގެ އިޤްތިސާދު ވައްޓާލާފައި ނުވާ ވަރުގެ އަނދަވަޅަކަށް، މި ސަރުކާރު ހަވާލުވީއިރު އިޤްތިސާދު އޮތީ ވައްޓާލާފައި ކަމަށް ރައީސް މުޢިއްޒު ފާހަގަ ކުރެއްވި އެވެ. ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެއްވެސް ފައިސާއެއް ނެތް ކަމަށެވެ.
އެގޮތުން ކުންފުންޏެއްގައި ތިޖޫރީއެއް ހުރި ނަމަ، ހަތަރު ފަސް ފަހަރު ފަޅާލައި ވައްކަން ކޮށްފައިވާ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ. މި ސަރުކާރުން 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ފަށަން ޖެހުނީ ސުމަކުން ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
ސުމަކުން ފަށައިގެން އިޤްތިސާދީ ސިޔާސަތު ބައްޓަން ކުރީ ޤައުމު އޮތް ޙާލަތުން ސަލާމަތް ކުރަން ކަމަށެވެ. މިދިޔަ ސަރުކާާރު ތަކުން ނަގާފައިވާ ދަރަނީގެ ތެރެއިން 1342 މިލިއަން ޑޮލަރު، ނުވަތަ 1.3 ބިލިއަން ޑޮލަރު މި ސަރުކާރުން ދައްކާފައިވާ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ. ނަމަވެސް، މި ދަރަނި ނެގި މީހުންގެ ވާހަކަ ނުދެއްކުމަށް އެމީހުން ބުނަމުން އަންނަ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
ދަރަނި ނެގުމުގެ އިތުރުން، ސަރުކާރު ތަކުން އޮތީ ރާއްޖޭގެ ހަރު މުދާތައް ރަހުނު ކޮށްފައި ކަމަށް ރައީސް މުޢިއްޒު ފާހަގަ ކުރެއްވި އެވެ. މި ސަރުކާާރުން 532 މިލިއަން ޑޮލަރުގެ ސުކޫކު އެއްކޮށް ދައްކައި ނިންމީ، ދަރަނިން ސަލާމަތްކުރުމާާ އެކު، ރާއްޖޭގެ ހަރު މުދާތައް ރަހުނުން ސަލާމަތް ކުރުމަށް ކަމަށެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ، މި ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާސަދަތު ރައްކާތެރިކޮށށް ދަމަހައްޓާނެ ކަމަށް ވިދާޅުވެފައި އެވެ. އެކަން ކުރެވޭނީ ރާއްޖެ ދަރަނިން ވެސް ސަލާމަތް ކުރެވިގެން ކަމަށް ރައީސް މުޢިއްޒު ފާހަގަ ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް