އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާކަން މާދަމާ ފައިޞަލް އިއުލާން ކުރައްވަނީ
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް
އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް މާދަމާ އިއުލާން ކުރައްވަން ނިންމަވައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރައިމަރީގައި ވާދަކުރައްވާކަން ފައިޞަލް އިއުލާން ކުރައްވާނީ މާދަމާ ހެނދުނު އެވެ. އަދި ޕްރައިމަރީގައި ވާދަކުރައްވާކަން ފައިޞަލް އިއުލާން ކުރައްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތާއީދު ވެސް ފައިޞަލް އަށް އޮތް ކަމަށް މައުލޫމާތު ލިބެ އެވެ. މީގެ ކުރިން ފައިޞަލް ވަނީ ރިޔާސީ ޕްރައިމަރީއާ ގުޅޭ ގޮތުން ރައީސް ޞާލިޙްއާ މަޝްވަރާ ވެސް ކުރައްވައިފަ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުޤުވެރިކަން އޮތްކަން ފައިޞަލް ވަނީ މީގެ ކުރިން ވެސް ހާމަކުރައްވައިފަ އެވެ. ފައިޞަލް ވަނީ ކުރީގެ ރައީސް ޞާލިޙުގެ ސަރުކާރުގައި އެމަނިކުފާނުގެ ނައިބު ރައީސްގެ ގޮތުގައި ހުންނަވައިފަ އެވެ. ނައިބު ރައީސް ކަމަށް ވަޑައިގެންނެވުމުގެ ކުރިން ފައިޞަލް ވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.
ޖުމްހޫރީ ޕާޓީ އިން ވަކިވެވަޑައިގެން، ފައިޞަލް އެމްޑީޕީ އަށް ސޮއި ކުރެއްވީ 2024 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް