ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ޝުއައިބު ޔޫސުފް އައްޔަން ކުރައްވައިފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ޝުއައިބު އަށް މަޤާމުގެ ފަތްކޮޅު ހަވާލު ކުރައްވަނީ
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް ޝުޢައިބު ޔޫސުފް އައްޔަން ކުރައްވައިފި އެވެ.
ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތުގައި ޝުއައިބު އަށް މަޤާމުގެ ލިޔުން ހަވާލު ކޮށްދެއްވީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ. އެ ރަސްމިއްޔާތުގައި ޝުޢައިބު ވަނީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމުގެ ހުވާ ޝުއައިބު އަށް ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް