ވަރުގަދަ ސްކޮޑަކާއެކު އައު ސީޒަނާ ކުރިމަތިލި ރެއާލްއަށް ފުރަތަމަ މެޗުގައި އުނދަގޫ މޮޅެއް
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
އެސްޕީ ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ --
ވަރުގަދަ ސްކޮޑަކާއެކު އައު ސީޒަނާ ކުރިމަތިލި ރެއާއަލް މެޑްރިޑުން އެސްޕަންޔޯލް ބަލިކޮށް މޮޅަކުން ސީޒަން ފަށައިފިއެވެ ފަށައިފިއެވެ.
ރޭ ސްޕެނިޝް ލަލީގާގައި އެސްޕަންޔޯލް އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ރެއާލްއިން ކާމިޔާބުކުރީ 2-1 ގެ ހަނި ނަތީޖާއަކުންނެވެ.
ރޭގެ މެޗު އެއްކޮށް ކޮންޓްރޯލްކޮށްގެން ކުޅުނު ރެއާލުން ވަނީ މެޗުގެ 9 ވަނަ މިނެޓުގައި ގޯލުޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ރެއާލަށް ކުޅޭ ތުރުކީގެ ތަރި، އާޑާ ގުލާ، ހިލޭ ޖެހުމަކުން ނެގި ބޯޅައަކުން ބެލިންހަމް ބޮލުން ޖެހި ގޯލެކެވެ.
އެ ގޯލާއެކު އިތުރު ގޯލެއް ޖެހޭތޯ މަސައްކަތްކުރަމުން ދިޔަ ރެއާލުން ކުރިއަށް ޖެހިލި ވަގުތު ކައުންޓަ އެޓޭކުގައި ނިކުމެ އެސްޕަންޔޯލުން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 30 ވަނަ މިނިޓްގައި އެ ޓީމަށް އެ ގޯލު ޖަހައިދިނީ މި ފަހަރުގެ ޓްރާންސްފާގައި އެ ޓީމާ ގުޅުނު ކާލާ އެެވެ.
އެއާއެކު އެސްޕަންޔޯލުން އެ ނަތީޖާގައި މެޗު ނިންމުމަށް ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅެން ފެށިއެވެ. އެ ޓީމުން ވަނީ ޑިފެންސްގައި މޮޅުކުޅުމެއް ދައްކައި މެޗުގެ ފުރިހަމަ ވަގުތު 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ.
ނަމަވެސް ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ރެއާލުން ވަނީ ގޯލެއް ޖަހައި މެޗުން މޮޅުވެފައެވެ. އެ ގޯލަކީ އެންމެ އަގުބޮޑު އެފްރިކާ ކުޅުންތެރިޔާގެ ގޮތުގައި ރެއާލުން ގަތް، ޔަން ޑިއޮމަންޑޭ ތަނަވަސްކުރި ފުރުސަތަކުން ކާލޮސް އެސްޕީއެވެ.
ރެއާލުން އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމަށް ވަނީ އަގުބޮޑުކޮށް ގިނަ ކުޅުންތެރިންތަނެއް ގެނެސްފައެވެ. އެގޮތުން ލެއިޕްޒިގް އަށް ކުޅެމުންއައި ޑިއޮމަންޑޭގެ ސޮއި ރެއާލުން ހޯދައިފައިވަނީ 140 މިލިއަން ޔޫރޯއަށެވެ.
މީގެ އިތުރުން ޗެލްސީއަށް ކުޅެމުންއައި އެ ޓީމުގެ ފުލްބެކް މާކް ކުކުރޭލާ 60 މިލިއަން ޔޫރޯއަށް އެ ޓީމަށް ވަނީ ގެނެސްފައެވެ. އެސްޕީ ރެއާލްއަށް ގުޅުނީ ލެވަންޓޭއިން 25 މިލިއަން ޔޫރޯއަށެވެ. އަދި އިންޓަމިލާންއަށް ކުޅެމުން އައި ޑެންޒެލް ޑެމްފްރީސް 20 މިލިއަން ޔޫރޯއަށް އެ ޓީމަށް ވަނީ ގެނެސްފައެވެ.
ހިލޭ ޓްރާންސްފާއްގައި އެ ޓީމަށް ވަނީ ލިވަޕޫލްގެ އިބްރާހިމް ކޮނާޓޭއާއި މެންޗަސްޓާ ސިޓީއަށް ކުޅެމުންއައި ބަނާޑޯ ސިލްވާ ސޮއިކުރުވައިފައެވެ.
އެ ޓީމުގެ ކޯޗަކަށް ގެނެސްފައިވަނީ ކުރިން އެ ޓީމަށް ކާމިޔާބީ ހޯދައިދިން ހޯސޭ މޮރީނިއޯއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް