Article Top
ކުޅިވަރު •

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް: ޖާގަ ފުރަތަމަ 16 ޕެއާއަށް!

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް: ޖާގަ ފުރަތަމަ 16 ޕެއާއަށް!

ވީއޭއެމް އިން ކުރިއަށް ގެންދިޔަ ބީޗް ޗެލެންޖާސް ސީރީޒްގެ މެޗެއްގައި -- ފޮޓޯ/ ފޭސްބުކް

އޭއޭއައި (އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް) ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 – 1 ވަނަ އެޑިޝަން" ނަމުގައި ބޯޗް ވޮލީބޯޅަ މުބާރާތެއް ބޭއްވުމަށް އިއުލާން ކޮށްފި އެވެ.

އެ ކްލަބުން ހާމަކުރާ ގޮތުގައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާ އަށެވެ.

Advertisement
Article Inside

ބައިވެރިވުމުގެ ލިންކް: https://docs.google.com/forms/d/e/1FAIpQLSfUZUQz26-qpCDdg2w_wF_qPT3BcdIn6wKoRsyF5k3peqqVJw/viewform?pli=1

ފިރިހެން ކެޓަގަރީއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ ކުޅުންތެރިންނަށެވެ.

މާލޭ ބީޗް ކޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗުތައް ވަގުތުން ލައިވް ކުރާނެ ކަމަށާއި، ކޮންމެ އަހަރަކު ވެސް މުބާރާތުގެ ދެ ޑިވިޝަން ކުރިއަށް ގެންދަން ނިންމާފައި ވާކަމަށް އެ ކްލަބުން މައުލޫމާތުދެއެވެ. މި އަހަރުގެ އަންހެން ޑިވިޝަން އަދި ފަހުގެ ތާރީހެއްގައި ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ކްލަބުން ހާމަ ކުރެ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ދިވެހި ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ. ދެވަނަ ޓީމަށް 5،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 3،000 ރުފިޔާގެ އިތުރުން ހަތަރުވަނަ ޓީމަށް 1،500 ރުފިޔާގެ އިނާމެއް ދޭން ވަނީ ނިންމައިފަ އެވެ.

އޮކްޓޫބަރު 29-31 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 15 އޮކްޓޫބަރުގެ ނިޔަލަށެވެ.

މީގެ އިތުރުން މުބާރާތުގެ ރަސްމީ ގަވާއިދާއި އުސޫލުތައް، ރަޖިސްޓްރޭޝަން ކަށަވަރުވާ މެސެޖާއެކު ޓީމުތަކާ ހިއްސާކުރެވޭނެ ވާހަކަ ވެސް އެ ކްލަބުން މިއުދު ސޯޝަލްމީޑީއާގައި އާންމުކުރި ޕޯސްޓުގައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް