ކުޅިވަރު

ބުރު ބަލިކޮށް އޮޑިން މުބާރާތް ނިންމާލީ މޮޅަކާއެކު ތިންވަނައިގައި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ބުރު ބަލިކޮށް އޮޑިން މުބާރާތް ނިންމާލީ މޮޅަކާއެކު ތިންވަނައިގައި

ކަޕް ވިނާސް ކަޕްގައި އޮޑިއާއި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އެފްއޭއެމް

ކަޕް ވިނާސް ކަޕްގައި އޮޑި ސްޕޯޓްސް ކުލަބުން ބުރު ބަލިކޮށް މުބާރާތުގެ ތިންވަނަ ޓީމުގެ ގޮތުގައި މޮޅަކާއެކު މުބާރާތް ނިންމައިލައިފިއެވެ.

އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި އޮޑިއާއި ބުރު ބައްދަލަުކުރި މެޗު އޮޑިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

އެ މޮޅަކީ ކަޕް ވިނާސް ކަޕްގައި އަލަށް ވާދަކުރި އޮޑިއަށް ލިބުނު ފުރަތަމަ މޮޅެވެ. އެ ޓީމު ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްެރިއޭޝަންއާ ބައްދަލުކޮށް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި ނިއުރޭޑިއަންޓު އަތުން ބަލިވީ 5-3 ގެ ނަތީޖާއަކުންނެވެ.

މީގެ އިތުރުން ބުރު މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. ފުރަތަމަ މެޗުގައި ނިއުރޭޑިއެންޓު އަތުން އެ ޓީމު ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ. އަދި މާޒިޔާއަތުން ދެވަނަ މެޗުގައި އެ ޓީމު ވަނީ 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.

އެހެންކަމުން އެ މުބާރާތުގެ ފައިނަލުން މާާޒިޔާ އަދި ނިއުރޭޑިއެންޓު ވަނީ ޖާގަ ހޯޯދައިފައެވެ.

އިއްޔެ ހަވީރު ބުރު އަދި އޮޑި ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ވަނީ ފެނިފައެވެ. ނަމަވެސް އޮޑިން މެޗުގެ ފުރަތަމަ ގޯލު ވަނީ މެދު ފަށައިގެން ދެވަނަ މިނެޓުގައި ޖަހައިފައެވެ. އެ ގޯލަކީ އޮޑީގެ މުޒްދާން ހަސަން، އެ ލަނޑު ޖެހީ ބުރުގެ ކީޕަރު ހަސަން އަލީފް އިބްރާހިމަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ފޮނުވާލި ބޯޅައިން ކާމިޔާބުކުރި ގޯލެކެވެ.

އެ ޓީމުން މެޗުގައި ޖެހި ދެވަނަ ގޯލު ޖަހައިފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތަރުު ވަނަ މިނެޓުގައެވެ. ބުރުގެ އޭރިއާގެ ބޭރުން އޮޑީގެ ޑިފެންޑަރު އަހްމަދު އައިހަމް، އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ބޮލުން ގޯލުތެރެއަށް ވައްދާލީ ފުރަތަމަ ގޯލު ވެސް ޖެހި މުޒްދާންއެވެ.

ކަޕް ވިނާސް ކަޕްއަކީ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ މުބާރާތެއްގެ ގޮތުގައި 1995 ވަނަ އަހަރު ފެށި މުބާރާތެކެވެ. އެ މުބާރާތް 2009 ވަނަ އަހަރުން ފެށިގެން ވަނީ ހުއްޓާލަައިފައެވެ.

19 އަހަރުގެ މެދު ކެނޑުމަކަށްފަހު މިއަހަރު އެ މުބާރާތް ކުޅޭއިރު އެ މުބާރާތަކީ ފާއިތުވާ ސީޒަނުގެ ޗެމްޕިއަން ޓީމުތަކަށް ދައުވަތުދީގެން ބާއްވަމުން އައި މުބާރާތް މި ފަހަރު ވެސް ކުރިއަށް ގެންދަނީ ތިން މުބާރާތުގެ ޗެމްޕިއަނުންގެ އިތުރުން ލީގުގެ ދެ ވަނަ ޓީމަށް ދައުވަތު ދޭ އުސޫލުންނެވެ.

އެފްއޭ ކަޕް ޗެމްޕިއަން ނިއު އާއި ލީގުގެ ހަތަރު ވަނަ ހޯދި ބުރުގެ އިތުރުން ވާދަކުރަނީ ދިރާގު ދިވެހި ލީގުގެ ޗެމްޕިއަން މާޒިޔާ އާއި ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން އޮޑި ސްޕޯޓްސް އެވެ.

ލީގުގެ ހަތަރު ވަނަ ހޯދި ބުރަށް ފުރުސަތު ލިބުނީ ލީގުގެ ދެ ވަނަ އާއި ތިން ވަނަ ހޯދި އޮޑި އާއި ނިއު އަށް އަނެއް ދެ މުބާރާތުގެ ޗެމްޕިއަނުންގެ ގޮތުގައި ފުރުސަތު ލިބިފައިވާތީ ދެން އެންމެ ނަތީޖާ ރަނގަޅު ޓީމުގެ ހައިސިއްޔަތުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް