ޚަބަރު

ޤަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރާ ގިނަ މައްސަލަތަކެއް ފާހަގަވެ، ފިޔަވަޅު އަޅަނީ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޤަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރާ ގިނަ މައްސަލަތަކެއް ފާހަގަވެ، ފިޔަވަޅު އަޅަނީ

އޭޓީއެމް އަކުން މީހަކު ޑޮލަރު ނަގާ މަންޒަރު

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ޑޮލަރު މާރުކުރުމުގެ މުއާމަލާތް ކުރަމުން އަންނަ ކަމުގެ ގިނަ މައްސަލަ ތަކެއް ފާހަގަވެ، ފިޔަވަޅު އަޅަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ފުލުހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިން އަށް މައުލޫމާތު ތަކެއް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ހޮޓްލައިން އަށް މިހާތަނަށް ލިބިފައިވާ މެސެޖުތަކުގެ ތެރެއިން، ޓާސްކްފޯސްގެ މަސައްކަތްތަކާ ގުޅުންހުރި 65 މެސެޖު ލިިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބިދޭސީ 27 މީހެއްގެ މައުލޫމާާތާއި، ހުއްދަ ނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ 18 ތަނަކާއި، ޤަވާއިދާ ޚިލާފަށް ބޮޑު އަގުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރާ ހަތަރު ތަނެއްގެ އިތުރުން، އެފަދަ މުއާމަލާތްތައް ހިންގާ 16 އޮންލައިން ޕްލެޓްފޯމް ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ މި މުއާމަލާތްތަކުގެ މައްސަލައާ ގުޅިގެން މިހާތަނަށް ވަނީ ބިދޭސީ އަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. އަދި ރިޕޯޓުކޮށްފައިވާ އެހެނިހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކުރުމަށް ފަހު، ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް