ޚަބަރު

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީގެ މަގާމަށް އާޒިމާ އައްޔަނުކުރައްވައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީގެ މަގާމަށް އާޒިމާ އައްޔަނުކުރައްވައިފި

އާޒިމާ ޝުކޫރު ޕީއެސްއެމްގެ ޕްރޮގްރާމެއްގައި -- ފޮޓޯ/ ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީގެ މަގާމަށް، މިނިސްޓަރުގެ ފެންވަރުގައި، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މިއަދު އައްޔަންކުރައްވައިފިއެވެ.

އަޒިމާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަގާމަށް އަޔަނުކުރުމުން އަނެއްކާވެސް ސަރުކާރަށް ހިދުމަތްކުރުމަށް ފުރުސަތު ލިބުމުން އެކަމާ ވަރަށް އުފާވާކަމަށެވެ. އެ ފުރުސަތު އޭނާއަށް ތަނަވަސްކޮށްދެއްވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އިތުރަށް އާޒިމާ ވިދާޅުވީ ގައުމީ ސިޔާދަތާ ގުޅޭ އެފަދަ މަސައްކަތްތަކީ އޭނާ ވަރަށް ކުރާ ހިތުން މަސައްކަތް ކުރާ ދާއިރާއެއްކަމަށެވެ.

އާޒިމާ ޝަކޫރަކީ މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭކަނބަލެކެވެ. އާޒިމާއަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ބަންޑާރަނައިބެވެ. އަދި ރިޔާސީ ތިން ދައުރެއްގައި ވަޒީރުންގެ މަޖިލީހުގައިވެސް އެކަމަނާ ހިދުމަތް ކުރައްވާފައިވެ އެވެ.

އެކަމަނާ މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ގާނޫނުއަސާސީ އެކުލަވާލި މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުން ހިދުމަތް ކުރައްވާފަ އެވެ.

އާޒިމާ ވަނީ ޔުނިވާސިޓީ އޮފް ލަންޑަނުން ބެޗެލާ އޮފް ލޯސް (އޮނާސް) އަދި ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާއިން މާސްޓާ އޮފް ލޯސް ހާސިލު ކުރައްވާފަ އެވެ. ގާނޫނީ ފަންނުގައި 30 އަހަރަށްވުރެ ގިނަ ދުވަސްވީ ހިދުމަތުގައި އެކަމަނާ ވަނީ ވެރިކަން ހިންގުމުގެ ނިޒާމާއި ގާނޫނުއަސާސީ އަދި ގާނޫނު އިސްލާހު ކުރުމާއި ގާނޫނީ ދިރާސާގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް