ޚަބަރު

ސިނަމާލެ ބުރިޖުން ފުންމާލި މީހަކު ސަލާމަތްކޮށްފި

އަލީ އީމާން

ލިޔުންތެރިޔާ

ސިނަމާލެ ބުރިޖުން ފުންމާލި މީހަކު ސަލާމަތްކޮށްފި

ބުރިޖުން ފުންމާލި މީހާ ސަލާމަތްކުރަމުން ދާަތަން

ސިނަމާލެ ބުރިޖުން ކަނޑަށް ފުންމާލި މީހަކު މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓްގާޑުން ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފް އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ބުރިޖުން މޫދަށް ފުންމާލައިފާވަނީ ބިދޭސީ މީހެއް ކަމަށެވެ. އަދި މި މީހާ ފުންމާލި ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބަފައިވަނީ ރޭ ދަންވަރު 00:44 ގައި ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއި އެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ޑައިވަރުން ވަނީ އެ ސަރަހައްދަން ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ.

އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި އެ މީހާ ފެނިފައިވަނީ ބުރިޖުގެ ތަބެއްގައި ހިފަހައްޓައިގެން އޮށްވާ ކަމަށެވެ. އަދި ކޯސްޓްގާޑް ހާބަރ ކްރާފްޓަށް އެ މީހާ ނެގުމަށް ފަހު އެ މީހާ ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް