ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާ ހޮވަން ހުޅުވާލައިފި!
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
އެފްއޭއެމް އެވޯޑްސް 2026 ގައި ހޮވަން ހަމަޖެހިފައިވާ ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅޫންތެރިޔާގެ އެވޯޑަށް ނޮމިނޭޓް ވެފައިވާ ކުޅުންތެރިން އިއުލާންކޮށް، ވޯޓު ލުމަށް ހުޅުވާލައިފި އެވެ.
މި އެވޯޑަށް ނުވަ ކުޅުންތެރިއަކު ނޮމިނޭޓް ކޮށްފައި ވާއިރު، ކުޅުންތެރިންނަށް ވޯޓު ލުން ކުރިއަށް ދާނީ "ޕީއެސްއެމް އެއާ އެޕް" މެދުވެރިކޮށެވެ. ވޯޓު ލުމުގެ ފުރުސަތު ވަނީ ބުރާސްފަތި ދުވަހުގެ އިރު އޮއްސި 6 ޖަހަންދެން ހުޅުވާލައިފަ އެވެ.
ނޮމިނޭޓްވި ކުޅުންތެރިން:
އަލީ ފާސިރު (ސެންޓޭ) - ނިއު
މުހައްމަދު އިލާން އިމްރާން - މާޒިޔާ
ހަމްޒާ މުހައްމަދު (ހަމްޕު) - މާޒިޔާ
އަހުމަދު އައިހަމމް (ފަތޯ) - މާޒިޔާ
ހުސެއިން ޝަރީފް - މާޒިޔާ
އަހުޒަމް ރަޝީދު (އަހޫ) - އޮޑި
މުހައްމަދު ޝަފީއު (ޗެކް) - އޮޑި
މުހައްމަދު ފައިސަލް - ބުރު / ނިއު
އީތަން އިބްރާހިމް ޒަކީ - ވެލެންސިއާ
މި ފަހަރުގެ އެވޯޑްސްގެ ނޮމިނޭޝަންތައް ކަނޑައަޅާފައިވަނީ ކުރީގެ ގޯލްކީޕަރު މައުރޫފް އަޙްމަދު (މާއްޓޭ) އިސްކޮށް ހުންނަވައި އެކުލަވާލި ހާއްސަ ކޮމިޓީއަކުންނެވެ. އެވޯޑްސް ނައިޓް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ.
މި އެވޯޑް ނައިޓްގައި ދިނުމަށް ހަމަޖެހިފައިވާ މުހިންމު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (ފިރިހެން އަދި އަންހެން)، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ، އެންމެ އުންމީދީ ކުޅުންތެރިޔާ، އެންމެ މޮޅު ގޯލްކީޕަރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ކޯޗު، އެންމެ މޮޅު ރެފްރީ، އެންމެ މޮޅު ކްލަބް، އެންމެ މޮޅު ރީޖަނަލް ކްލަބް އަދި ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާގެ އެވޯޑު ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް