ޕީޖީ އޮފީހުން ސެޕްޓެމްބަރު މަހު 290 ދައުވާއެއް ކޯޓަށް ހުށަހެޅި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފް.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި 290 ދައުވާއެއް ކޯޓަށް ހުށަހެޅި ކަމަށް އެ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން އާންމުކޮށްފައިވާ އެ އޮފީހުގެ ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުގައި ބުނެފައި ވަނީ، އެ މަހުގެ ތެރޭގައި އެ އޮފީހުން 256 މައްސަލައެއް ބަަލައިގަނެފައިވާ ކަމަށެވެ. އަދި ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ތަޙުޤީގު އިދާރާތަކަށް ދެވުނު ލަފާގެ އަދަދަކީ 678 ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.
މީގެ އިތުރުން ޕީޖީ އޮފީހުން ބުނެފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ އޮފީހުން 290 ދައުވާއެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ އޮފީހުން ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި 1192 އަޑު އެހުމަކަށް ހާޒިރުވެފައި ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް