ޚަބަރު

ރިޔާސީ ރޭހުގެ މަޝްވަރާތަކަށް ސޯލިޙު އާއި ފައިޞަލް ބައްދަލު ކުރައްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރިޔާސީ ރޭހުގެ މަޝްވަރާތަކަށް ސޯލިޙު އާއި ފައިޞަލް ބައްދަލު ކުރައްވައިފި

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙު އާއި ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙު އާއި، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް މިއަދު ބައްދަލު ކުރައްވައިފި އެވެ.

ސޯލިޙު އާއި ފައިޞަލް ބައްދަލު ކުރައްވާފައި ވަނީ ސޯލިޙުގެ އޮފީހުގައި އެވެ. އެ ބައްދަލުވުމަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން ފައިޞަލް ވިދާޅުވެފައި ވަނީ، ރައީސް ސޯލިޙާ ބައްދަލުކުރެއްވީ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ކަމަށެވެ. ފައިޞަލް ވިދާޅުވީ، މީގެ ކުރިން ވެސް ވިދާޅުވެފައިވާ ފަދައިން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ހުންނެވި ކަމަށެވެ.

މީގެ އިތުރުން ފައިޞަލް ވިދާޅުވީ އެންމެ މުހިންމީ އެމްޑީޕީ އަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުން ކަމަށާއި، މަސައްކަތް ކުރަން ޖެހެނީ އެ ފޯމިއުލާގައި ކަމަށެވެ. އޭނާގެ މަސައްކަތް ކުރައްވަނީ އެ ވިސްނުމުގައިކަން ފާހަގަ ކުރައްވައި ފައިޞަލް ވިދާޅުވީ، އޭނާގެ ނިންމުން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ. އަދި މަސައްކަތް ކުރަމުން ދަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް، ޓިކެޓު ހޯއްދެވުމަށް ކަމަށް ވެސް ފައިޞަލް ވިދާޅުވި އެވެ.

ސޯލިޙުގެ ތާއީދަށް އެދިވަޑައިގެންފައިވޭތޯ ސުވާލު ކުރުމުން ފައިޞަލް ވިދާޅުވީ، ރައީސް ސޯލިޙު ނިންމަވާނީ އެންމެ ފައިދާހުރި ގޮތަށް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ބަދަލުގައި، ސޯލިޙު ތާއީދު ކުރައްވާނީ ފައިޞަލް އަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް