ޚަބަރު

މަތީ މަޖިލީހުން ފެނުނީ ރައީސް މުއިއްޒުއާއެކު ސާބިތުވެތި ތިބި މިންވަރު: އަބްދުއްރަހީމް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

މަތީ މަޖިލީހުން ފެނުނީ ރައީސް މުއިއްޒުއާއެކު ސާބިތުވެތި ތިބި މިންވަރު: އަބްދުއްރަހީމް

ރައީސް މުއިއްޒުއާއި، އަބްދުއްރަހީމް ޕީއެންސީގެ މަތީ މަޖިލީހުގައި ---

ނިމިދިޔަ ޕީއެންސީގެ މަތީ މަޖިލީހުން ފެނުނީ ޕާޓީގެ އާންމު މެންބަރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއެކު ސާބިތުވެ ތިބި މިންވަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މަތީ މަޖިލީހުގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީގެ މަތީ މަޖިލީހުން އެ ޕާޓީގެ މެންބަރުންގެ ގައިގައި ހުރި ޕާޓީގެ ރޫހު ފެނުނުނަކަމަށެވެ.

ރާއްޖެއަށް ބޭނުންވަނީ ރައްޔިތުންނާ އެއް ހަމައެއްގައި ހުރެގެން ރައްޔިތުންގެ މަޝްވަރާކުރައްވައިގެން އެ ރައްޔިތުންގެ ކަންކަން ނިންމަވާނެ ވެރިއެއްކަން އެ މަތީ މަޖިލީހުގައި ބުނެދީފިކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ

އަބްދުއްރަހީމް ވިދާޅުވީ މަތީ މަޖިލީސް ކާމިޔާބުކަމާއެކު ނިންމާލެވުމުން ޕާޓީގެ. މެންބަރުންގެ ފަރާތުން ފެނުނު ޖޯޝާއި ފޯރީގައި މަސައްކަތް ކޮށްފިނަމަ 2028 ގެ ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކާމިޔާބުކުރެވޭނެކަން ފެނުނުކަމަށެވެ.

ކޮންގްރެސް ޕާޓީގެ ހުރިހާ މެންބަރުންގެ ވެސް އެންމެ ބޮޑު އަމާޒަކަށް ވާންވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު، ރައީސް މުޢިއްޒަށް ބޮޑުތަނުން ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ޕީއެންސީ ފިކުރުގެ ވެރިކަމެއް ކަމަށާ، ރައްޔިތުން އެދެނީ ބިނާކުރަނިވި ފިކުރުގެ ވެރިއަކު ވެރިކަން ކުރާ ޤައުމަކަށް ރާއްޖެ ވުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބަޔަކަށް ޤަބޫލުކުރަން ދަތި ނަމަވެސް ބިނާކުރަނި ފިކުރުގެ ލީޑަރަކަށް މިއަދު ހުންނެވީ ރައީސް މުޢިއްޒު ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް