އަމީނީ މަގު މަރާމާތުކުރުން: ސެގްމެންޓު 2 ގެ މަސައްކަތް ފަށައިފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
އަމީނީ މަގުގެ ދެވަނަ ސެގްމެންޓުގެ މަސައްކަތް އެމްޓީސީސީން ކުރަނީ --- ފޮޓޯ/ އެމްޓީސީސީ
އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން ސެގްމެންޓު 2 ގެ މަރާމާތުގެ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސެގްމެނެްޓު 2 ގެ މަރާމާތުގެ މަސައްކަތް އެ ކުންފުނިން މަށައިފައވާކަމަށެވެ.
އެ ކުންފުނިން ވަނީ އެ ސެގްމެންޓުގެ މަގުގެ ތާރު ގަނޑު ނެގުމުގެ މަސައްކަތް ފަށައިފައެވެ.
އެމްޓީސީސީއާ އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ ޖޫންމަހުގެ 15 ވަނަ ދުވަހުގައެވެ.
ސަރުކާރުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ސަރުކާރުން ތާރުއަޅައިގެން ތަރައްޤީކުރި އަމީނީމަގުގެ ބައެއް ސަރަހައްދުތަކުން ތާރުގަނޑު އުފުލި، މަގު ވަރަށް ބޮޑަށް ހަލާކުވެފައިވާތީއެވެ. ހާއްސަކޮށް އަމީނީމަގުގެ ހުޅަނގު ފަރާތުގެ ބޮޑު ސަރަހައްދަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެމްޓީސީސީއިން މިއަދު އެ މަސައްކަތް ފަށައިފައިވަނީ އެ މަގުގެ ފެންވަރުބެލުމަށް ސާވޭކޮށް ކުރައްޖެހޭ ހުރިހާ ސާވޭއްކޮށްފައެވެ.
އެ ކުންފުނިން މިހާރު ވަނީ ސެގްމެންޓު 1 ގެ ތާރުއެޅުމުގެ މަސައްކަތް ނިންމައިލައިފައެވެ. މިހާރު އެ ސެގްމެންޓުގައި ކުރަމުންދަނީ މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް