"ސިޔާދަތީ މުސްތަގުބަލު ހުރިހާ ގައުމަކަށް ލިބެންޖެހޭ، މިކަމުން ފަލަސްތީނު އިސްތިސްނާ ވެގެން ނުވާނެ"
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ހުސައިން މުހައްމަދު ލަތީފު އދ. ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަނީ ---
ސިޔާދަތީ މުސްތަގުބަލު ހުރިހާ ގައުމަކަށް ލިބެންޖެހޭކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
އދ. ގެ 81 ވަނަ އާންމު މަޖިލީހުގައިމިރޭ ތަގުރީރުކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ސިޔާދަތީ މުސްތަގުބަލެއް ލިބުމުގެ އަސާސީ ހައްގުން ފަލަސްތީނު އިސްތިސްނާވެގެން ނުވާނެކަމަށެވެ.
އދ. އަކީ އިތުބާރު އޮތް އަދި އެންމެންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއަކަށް ހެދުމަށްޓަކައި، ފަލަސްޠީނަކީ އެ ޖަމިއްޔާގެ ފުރިހަމަ މެންބަރަކަށް ހެދުމަށް ވެސް ނައިބު ރައީސް ގޮވާލައްވައިފިއެވެ.
ނައިބު ރައީސް ވިދާޅުވީ މީގެއިތުރުން، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ރައްކާތެރިކަމާއެކު، އަވަހަށް އަދި ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭން ޖެހޭ ކަމަށާއި، ބައިނަލްއަގުވާމީ ކޯޓުތަކާއި އދ. ގެ ގަރާރުތަކަށް އިހުތިރާމްކޮށް އެކަންކަން ތަންފީޒުކުރަން ޖެހޭ ކަމަށެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް ސިޔާދަތީ މުސްތަގުބަލެއް ލިބުމަކީ މިނިވަންކަމާއި، ކަރާމާތާއި، އަމިއްލަ އިހުތިޔާރުގެ ހައްގު އަދި އަމިއްލަ ދައުލަތެއްގައި ރައްކާތެރިކަމާއެކު ދިރިއުޅުމުގެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް