ޚަބަރު

އޮގަސްޓު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 104.4 މިލިއަން ރުފިޔާ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އޮގަސްޓު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 104.4 މިލިއަން ރުފިޔާ

މުދަލު ޒަކާތް ބެހުމުގެ މަސައްކަތް ކުރަމުން އަންނަ މަންޒަރެއް.

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް 104.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.

މީރާ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މުދަލު ޒަކާތުގެ ގޮތުގައި އޮގަސްޓު މަހު ލިބިފައި ވަނީ ހަތް މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދަށް ވުރެ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ އަށް މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 104.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ ބޮޑު އިންސައްތައެއްގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 82 މިލިއަން ރުފިޔާ އެވެ. އެހެމްކަމުން މިއީ %27 އިންސައްތައިގެ އިތުރު އަދަދެކެވެ.

މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިޞާބުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 19،266.10 ރުފިޔާ އެވެ. ރާއްޖޭގައި މުދަލު ޒަކާތް ބަލައި ގަންނަމުން އަންނަނީ މީރާ އިން ކަމަށްވާއިރު، މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓުން ބެލޭނެ އިންތިޒާމު އޮންނަނީ ހަމަޖައްސައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް