Article Top
ޚަބަރު •

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި 2000 އަށްވުރެ ބަނގުރާ ފުޅި ނައްތާލައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި 2000 އަށްވުރެ ބަނގުރާ ފުޅި ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނައްތާލި ބަނގުރާ ފުޅިތައް.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ފުޅިތަކެއް ނައްތާލާފައިވާ ކަމަށް އެ އިދާރާ އިން ހާމަކޮށްފި އެވެ.

ފުލުހުން ބުނީ މި ތަކެއްޗަކި އެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ޑްރަގު އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތިން ހާދިސާއެއްގައި ހިމެނޭ ބަނގުރަލެވެ.

Advertisement
Article Inside

މީގެ އިތުރުން ފުލުހުން ބުނީ އެ ފުޅިތައް ނައްތާލާގައި ވަނީ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު ދޫނިދޫގައި ކަަމަށެވެ. އެގޮތުން ނައްތާލާފައި ވަނީ 500 އެމްއެލްގެ 2547 ފުޅި ބަނގުރަލާއި، 5 ލީޓަރުގެ 23 ފުޅި ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި ނުވަ އައިޓަމެއް ކަމަށެވެ. އެގޮތުން ނައްތާލި އެހެނިހެން ތަކެތީގެ ތެރޭގައި ޕްލާސްޓިކް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމު ގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް