Article Top
ވިޔަފާރި •

މިދިޔަ އަހަރު ލިބުނު އާމްދަނީއަށްވުރެ މިއަހަރު ލިބުނު އާމްދަނީ އިތުރުވެއްޖެ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

މިދިޔަ އަހަރު ލިބުނު އާމްދަނީއަށްވުރެ މިއަހަރު ލިބުނު އާމްދަނީ އިތުރުވެއްޖެ

ފިނޭންސް މިނިސްޓްރީ

މިއަހަރު ދައުލަތަށް އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު މިދިޔަ އަހަރު ފުރަތަމަ 9 މަސް ދުވަހު ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގަައި ލިބުނު މިންވަރަށްވުރެ އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރު ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރު ދައުލަތަށް އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ލިބިފައިވަނީ 30.8 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަަނީ 30.3 ބިލިއަން ރުފިޔާއެވެ.

Advertisement
Article Inside

އެހެންކަމުން މިއަހަރު ރާއްޖެއަށް ވަނީ މިދިޔައަހަރަށް ވުރެ އިތުރަށް 536.6 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ 1.7 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރު ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓެކުހުންނެވެ. ޓެކުހުން މިއަހަރު 23.8 ބިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ ފުރަތަމަ 9 މަހު ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނީ 22.5 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު މިދިޔަ އަހަރު ޓެކުހުން ލިބުނު އާމްދަނީއަށްވުރެ އިތުރަށް 1.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ 5.8 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ 9 މަސް ދުވަހު 7.5 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް މިއަހަރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.5 ބިލިއަން ރުފިޔާއެވެ. އެއީ 13.3 އިންސައްތައިގެ ދައްވުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ނުވަތަ ކެޕިޓަލް އެކްސްޕެންޑިޗާ ވަނީ 15.9 އިންސައްތަ އިތުރުވެ، 4.8 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށެވެ.

އެގޮތުން ބިމާއި އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް ކުރި ހަރަދު 34.1 އިންސައްތަ އިތުރުވެ 1.453 ބިލިޔަން ރުފިޔާއަށް، ބަނދަރު ހެދުމަށް ކުރި ހަރަދު 38.4 އިންސައްތަ އިތުރުވެ 333 މިލިއަން ރުފިޔާއަށް، އަދި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރި ހަރަދު 37.5 އިންސައްތަ އިތުރުވެ 945 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ އިތުރުން ކެޕިޓަލް އިކުއިޕްމަންޓަށް ކުރި ހަރަދު ވެސް ވަނީ 19.6 އިންސައްތަ އިތުރުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް