ލައިފްސްޓައިލް

ދުވަސްތަކަކަށްފަހު ނިއުމާގެ ފެނިލުން "ޕާޓީ"އިން

ފާތިމަތު

ލިޔުންތެރިޔާ

ދުވަސްތަކަކަށްފަހު ނިއުމާގެ ފެނިލުން "ޕާޓީ"އިން

ކުރީގެ ފިލްމީ ތަރި ނިއުމާ މުހައްމަދު.-- ފޮޓޯ / ދޯ

ދިވެހި ސިނަމާގެ ރާނީގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކުޅަދާނަ ބަތަލާ ނިއުމާ މުޙައްމަދު، ގިނަ ދުވަސްތަކަކަށްފަހު "ޕާޓީ" އިން އަލުން ބޮޑު ސްކްރީނަށް އެނބުރި އަންނަން ތައްޔާރުވެއްޖެއެވެ.

ޕާޓީ އަކީ ދިވެހި ފިލްމީ ދާއިރާގައި ފަހަކަށް އައިސް އެންމެ ފާހަގަކޮށްލެވޭ އަދި ތަފާތު މަސައްކަތްތަކެއް ދައްކުވައިދީފައިވާ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ އައު ފިލްމެވެ

"ބަވަތި"، "ނީނާ" އަދި "ފްރީ ޑެލިވަރީ" ފަދަ ކާމިޔާބު އުފެއްދުންތަކަށްފަހު، "އައިފިލްމްސް" ގެ ބެނާގެ ދަށުން ނެރެން ތައްޔާރުވަމުން އަންނަ "ޕާޓީ" އަކީ ވަރަށް ތަފާތު ކޮންސެޕްޓަކަށް ތައްޔާރުކުރާ ފިލްމެކެވެ.

އިއްލެގެ ޑައިރެކްޝަނުން އަބަދުވެސް ފެންނަ ޝައުގުވެރި އަދި ބެލުންތެރިން ހެއްވާލާ، ނުވަތަ ޖަޒުބާތުގައި ޖައްސާ ފަދަ ވާހަކަތަކުގެ ތެރެއަށް ނިއުމާ ފަދަ ތަޖުރިބާކާރު ފަންނާނަކު އިތުރުވުމަކީ ފިލްމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ގިނަ ބެލުންތެރިންނެއް ސިފަކުރެއެވެ.

ފިލްމީ ދާއިރާއިން ދުރަށް ޖެހިލައިގެން ހުރުމަށްފަހު ނިއުމާ އަލުން އެނބުރި އައުމަކީ އޭނާގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

ޕާޓީ ފިލްމުން ނިއުމާ ފެންނައިރު މިއީ އިއްލެ އާއި ނިއުމާ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

އިއްލެގެ ފުރިހަމަ ޑައިރެކްޝަނާއި ނިއުމާގެ މޮޅު އެކްޓިން އެކުވުމުން ފެންނާނެ މަންޒަރުތައް ބަލައިލުމަށް ބެލުންތެރިން މިހާރުވެސް ތިބީ ކެތްމަދުވެފައެވެ.

އައިފިލްމްސް އިން ބުނާ ގޮތުގައި "ޕާޓީ" ވެގެންދާނީ ދިވެހި ފިލްމު ބަލާ ފަރާތްތަކަށް ވަރަށް އައު، ތަފާތު ރަހަތަކެއް ގެނެސްދޭނެ ފިލްމަކަށެވެ. މޮޅު ކާސްޓަކާއި ފަންނީ މަތީ ފެންވަރެއްގެ ޓީމަކާއެކު އުފައްދާ މި ފިލްމަކީ މި އަހަރު ރިލީޒްވާނެ އެންމެ އުންމީދީ އެއް ދިވެހި ފިލްމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް