Article Top
ޞިއްޙަތު •

ފިޒިއޮތެރަޕީގެ ޚިދުމަތާއެކު، ކާށިދޫ ޞިއްޙީ މަރުކަޒު ތާރީޚުގެ ތެރެއަށް!

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ފިޒިއޮތެރަޕީގެ ޚިދުމަތާއެކު، ކާށިދޫ ޞިއްޙީ މަރުކަޒު ތާރީޚުގެ ތެރެއަށް!

ކާށިދޫ ޞިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ޕިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައި، ކ.ކާށިދޫ ޞިއްޙީ މަރުކަޒުން ތާރީޚުން ޖާގަ ހޯދައިފި އެވެ.

ހޮނިހިރު ދުވަހު ހެލްތު މިނިސްޓަރު ޤީލާ އަކީ ވަނީ ކާށިދޫ ޞިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮަށް ފައްޓަވައި ދެއްވައިފަ އެވެ. އެއާއެކު ކާށިދޫ ޞިއްޙީ މަރުކަޒު ވެގެން ގޮސްފައި ވަނީ، ޞިއްޙީ މަރުކަޒެއްގައި ފިޒިއޮތެރަޕީގެ ޚިދުމަތް ދޭން ފެށި ފުރަތަމަ މަރުކަޒަށެވެ.

Advertisement
Article Inside

ކާށިދޫ ޞިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ފައްޓަވައި ދެއްވުމަށް ފަހު ހެލްތު މިނިސްޓަރު ޤީލާ ވިދާޅުވީ، އެ ޚިދުމަތަކީ ރައްޔިތުންނަށް ވީހާ ވެސް ފަސޭހަ އިން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފެށުނު ޚިދުމަތެއް ކަމަށެވެ. އަދި ފިޒިއޮތެރަޕީގެ ޚިދުމަތާއެކު، ކާށިދޫގެ ރައްޔިތުންނަށް އެތައް ފަސޭހައެއް ވާނެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެއީ އެ ރަށު ރައްޔިތުންނަށް ބޭނުންވެފައި އޮތް ޚިދުމަތެއް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ޤީލާ ވިދާޅުވީ، ކާށިދޫގަައި ފިޒިއޮތެރަޕީގެ ޚިދުމަތް ފެއްޓެވުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވި ކަމަށެވެ. މިނިސްޓަރުގެ ވާހަކައިގައި ވަނީ ޕިޒިއޮތެރަޕީ އަކީ އުމުރުން ދުވަސްވުމުން ޖިސްމާނީ ގޮތުން ދިމާވާ އުނދަގޫ ތަކުން އަރައި ގަތުމަށް މުހިންމު ފަރުވާއެއްގެ ގޮތުގައި ފާހަގަ ކުރައްވައިފަ އެވެ.

މީގެ ކުރިން ކާށިދޫ އިން އެ ޚިދުމަތް ލިބެން ނެތުމުގެ ސަބަބުން، އެ ރަށުގެ ރައްޔިތުން އެތައް ތަކުލީފެއް އުފުލަން ޖެހުނު ކަމަށާއި، މާލެ އަށް ދަތުރު ކުރުމަށް ބޮޑު ޚަރަދެއް ކުރުމާ އެކު، ދަތުރުފަތުރުގެ ދަތިކަން އޮތް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ރަށްރަށުގަައި ޞިއްޙީ ޚިދުމަތަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަ ކުރުމަކީ، ޞިއްހީ ދާއިރާ ހަރުދަނާ ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓަރު ޤީލާ ވިދާޅުވި އެވެ.

ކާށިދޫގެ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތް ދެމުން އަންނަ މަރުކަޒަކަށްވާއިރު، ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ މީހުން އެ މަރުކަޒުން ފަރުވާ ހޯދަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް