އިސްތިއުފާ ދިނީ އަމިއްލަ ސަބަބުތަކާކާހެދި، އެހެން މަގާމަކަށް ދިއުމުގެ ވިސްނުމެއް ނެތް: ޝިއުރީ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ޝިއުރީ -- ފޮޓޯ/ މިހާރު
ވިސިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން އިސްތިއުފާ ދިނީ އަމިއްލަ ސަބަބުތަކާކާހެދި ކަމަށާއި، އެހެން މަގާމަކަށް އަދި ދިއުމުގެ ވިސްނުމެއް ނެތްކަމަށް އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ.
"ވީކަން"އާ ވާހަދައްކަވަމުން ޝިއުރީ ވިދާލުވީ ވީއެމްސީގެ މެނޭޖިން ޑިރެކްޓަރުން އޭނާ އިސްތިއުފާދިނީ އަމިއްލަ ސަބަބުތަކެއްހުރުމުންކަމަށެވެ. މިވަގުތު އެހެން މަގާމަކަށް ދިއުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވީއެމްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ޝިއުރީ އިސްތިއުފާ ދިނީ މިއަދުއެވެ.
"ވީކަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަޤާމުން ޝިއުރީ އިސްތިއުފާ ދެއްވާފައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި އެވެ. އިސްތިއުފާ ދެއްވުމަށް ފަހު ޝިއުރީ ވަނީ އެ ކޯޕަރޭޝަންގެ މުވައްޒަފުންނާ ބައްދަލު ކުރައްވައި، މަޤާމުން އިސްތިއުފާ ދެއްވި ވާހަކަ ހިއްސާ ކުރައްވައިފަ އެވެ. ނަމަވެސް، މި މަޤާމުން ޝިއުރީ އިސްތިއުފާ ދެއްވި ސަބަބެއް ހާމަ ކުރައްވާފައި ނުވެއެވެ.
ޝިއިއުރީއަކީ މި ސަރުކާރުގައި ވީއެމްސީގެ މެނޭޖިން ޑިރެކްތަރުކަން ކުރެއްވި ދެވަނަ ބޭފުޅާއެވެ. މި ސަރުކާރުގައި ފުރަތަމަ މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމެމްއެމްޕީއާރުސީ) ގެ ގޮތުގައި އެ ކުންފުނި އޮތްއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކޮށްފައިވަނީ ފާތިމަތު ތައުފީގު (ކުޑީ)އެވެ. 2024 ވަނަ އަހަރުގެ މެއި މަހު އޭނާ އެ މަގާމުން ވަކިކޮށް އެ މަގާމާ ދެން ހަވާލުވީ ޝިއުރީއެވެ. ފަހުން އެ ކުންފުނީގެ ނަން މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން ވިސިޓް މޯލްޑިވްސް ކޯޕަރޭޝަންއަށް ވަނީ ބަދަލުކޮށްފައެވެ.
ވިސިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ޝިއުރީ އައްޔަން ކުރައްވާފައި ވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ. މަޤާމުގައި ޝިއުރީ ހޭދަކުރެއްވި ދެ އަހަރަށް ވުރެ ގިނަ މުއްދަތުގައި އޭނާ ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވައިފަ އެވެ. ޝިއުރީ އަކީ މާކެޓިންގެ ދާއިރާ އިން ޑިގްރީ ހާސިލު ކުރައްވާފައިވާ، އަދި ޕަބްލިކް ރިލޭޝަންސްގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް