Article Top
ޚަބަރު •

އެމްއޭސީއެލް އަށް ދުވާލަކު 500 ރޮށި ފޯރުކޮށްދޭނެ ބަޔަކު ހޯދަނީ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އެމްއޭސީއެލް އަށް ދުވާލަކު 500 ރޮށި ފޯރުކޮށްދޭނެ ބަޔަކު ހޯދަނީ

ދިވެހި ރޮށި.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ދުވާލަކު 500 ރޮށި ފޯރުކޮށްދޭނެ ބަޔަކު ހޯދަން އެ ކުންފުނިން އިއުލާންކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި އެމްއޭސީއެލް އިން އޮކްޓޫބަރު 8 ވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، އެ ކުންފުނީގެ ބޭނުމަށް ދިގު މުއްދަތަކަށް ރޮށި ސަޕުލައިކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވާ ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 500 ރޮށި ސަޕުލައިކޮށްދޭން ޖެހޭނެ ކަމަށް އެ ކުންފުނިން ވަނީ އަންދާޒާކޮށްފައި އެވެ.

Advertisement
Article Inside

އެމްއޭސީއެލް އިން ބުނެފައި ވަނީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ހިނގާ އޮކްޓޫބަރު މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން އެކަން އެ ކުންފުންޏަށް އެންގުމަށެވެ. އެގޮތުން އެ ކުންފުނީގެ އީމެއިލް bidinfo@macl.aero މެދުވެރިކޮށް ޝައުޤުވެރިކަން ފާޅު ކުރުމަށް ވަނީ އެދިފައި އެވެ.

މީގެ އިތުރުން އެމްއޭސީއެލް އިން ބުނެފައި ވަނީ ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުން އެ ފަރާތެއްގެ ފުރިހަމަ ނަމާއި، އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރު އަދި ޤާބިލުކަން އަންގައިގެން ލިޔުންތައް ހުށަހަޅަން ވާނެ ކަމަށެވެ. އަދި އެ މަސައްކަތަށް އެދި ހުށަހަޅާ ފަރާތްތައް ވާން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި އަކަށް ކަމަށް ވެސް އިއުލާންގައި ބުނެފައިވެ އެވެ.

އިތުރަށް އެ އިއުލާންގައި އެމްއޭސީއެލް އިން ބުނެފައި ވަނީ އެ ކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު "ރިކުއެސްޓް ފޯ ކޯޓޭޝަން" މެދުވެރިކޮށް ފަހުން ހުޅުވާލެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް