Article Top
ޚަބަރު •

އަންނަ ހަފުތާގައި އައު ސްޓޮކް ލިބި، ޕާސްޕޯޓު ދޫކުރަން ފަށާނެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އަންނަ ހަފުތާގައި އައު ސްޓޮކް ލިބި، ޕާސްޕޯޓު ދޫކުރަން ފަށާނެ

އިމިގްރޭޝަން އިން ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ދެމުން އަންނަނީ.

އަންނަ ހަފުތާގެ ތެރޭގައި ޕާސްޕޯޓު ބުކްލެޓުގެ އައު ސްޓޮކެއް ލިބި، ޕާސްޕޯޓު ދޫކުރަން ފަށާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފި އެވެ.

އިމިގްރޭޝަން އިން ބުނެފައި ވަނީ އަންނަ ހަފުތާގެ ތެރޭގައި ޕާސްޕޯޓުގެ އައު ސްޓޮކް ލިބޭނެ ކަމަށާއި، އެއާއެކު ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ދެމުން ގެންދާނެ ކަމަށެވެ. ޕާސްޕޯޓު ދޫކުރަން ފެށުމާ އެކު، އިމަޖެންސީގައި އިންޑިއާ އާއި ސްރީލަންކާ ފަދަ ޤައުމުތަކަށް ކުރު މުއްދަތުގައި ދަތުރުކުރާ ފަރާތްތަކަށް ޕާސްޕޯޓު ދޫކުރާނީ އެފަދަ ޙާލަތްތަކުގައި ކަަމަށް ވެސް ބުނެފައިވެ އެވެ.

Advertisement
Article Inside

ރާއްޖެ އަށް ޕާސްޕޯޓް ބުކްލެޓުތައް ފޯރުކޮށްދެމުން އަންނަނީ ޖަރުމަނުގެ ޕްރިންޓް ހައުސް ކުންފުނިންނެވެ. އެ ކުންފުނީގެ މެޝިންތަކަކަށް ދިމާވި މައްސަލައެއްގެ ސަބަބުން، ރާއްޖެ އަށް ބުކްލެޓް އެތެރެކުރުމުގައި ދަތިތަކެއް ދިމާވެ އިމިގްރޭޝަން އިން ވަނީ ޕާސްޕޯޓު ދޫކުރުމުގެ ބައެއް އުސޫލުތަކަށް ބަދަލު ގެނެސްފައި އެވެ. އިމިގްރޭޝަން އިން އެހެން ނިންމީ މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެވެ.

އިމިގްރޭޝަން އިން ގެނައި ބަދަލުތަކުގެ ތެރޭގައި ވަނީ ރާއްޖޭގައި ހުރެގެން ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކަށް އައު ޕާސްޕޯޓެއް ދިނުމުގެ ބަދަލުގައި، އެ ޕާސްޕޯޓުގެ މުއްދަތު އިތުރުކޮށްދިނުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން މުއްދަތު ހަަމަވެފައިވާ، ނުވަތަ މުއްދަތު ހަމަވާ ޕާސްޕޯޓުގެ މުއްދަތު 2027 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހަށް ވަނީ އިތުރުކޮށްފައި އެވެ. އައު ސްޓޮކް ލިބުމާއެކު، އެކަމުގައި ދެން އަަމަލު ކުރާނެ ގޮތެއް އިމިގްރޭޝަން އިން ހާމަކުރާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް