Article Top
ޚަބަރު •

ރޭޓިން އިން ހާމަވީ ސަރުކާރުގެ މާލީ ސިޔާސަތުގެ ހަރުދަނާކަން: ފިނޭންސް މިނިސްޓަރު ޒަރީރު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރޭޓިން އިން ހާމަވީ ސަރުކާރުގެ މާލީ ސިޔާސަތުގެ ހަރުދަނާކަން: ފިނޭންސް މިނިސްޓަރު ޒަރީރު

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު

މޫޑީސް ރޭޓިން އެޖެންސީ އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފައިވާއިރު، އެކަމުން ދައްކުވައިދެނީ ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ހަރުދަނާކަން ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު ޒަރީރު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ 2 އިން، ސީއޭއޭ 1 އަށް މަތިކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެ ޕޯސްޓުގައި މިނިސްޓަރު ޒަރީރު ވިދާޅުވީ، އެއީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅާ އެކު ސަރުކާރުން އަޅަމުން އަންނަ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ ކަމަށެވެ.

Advertisement
Article Inside

މީގެ އިތުރުން އެ ޕޯސްޓުގައި މިނިސްޓަރު ޒަރީރު ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދަށް ނުތަނަވަސްކަން ކުރިމަތިވެފައިވާ މި ވަގުތުގައި ވެސް ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެ މިނިސްޓްރީ އާއި ސަރުކާރު ދެމި އޮންނާނެ ކަމަށެވެ.

މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފައިވާއިރު، ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށާއި، މާލީ ޙާލަތު ރަނގަޅު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. ބޭރުގެ ދަރަނިތައް އަދާކުރުމާ އެކު، ސަރުކާރުން އަންނަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމާއި، ތަރައްޤީގެ މަޝްރޫއުތަކަށް މަޑު ޖެހުމެއް ނައިސް ކުރިއަށް ދާނެ އިންތިޒާމުތަކެއް ހަމަޖައްސަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް