އޭޝިއަން ގޭމްސް 2026: ބީޗް ވޮލީގައި ބަންގްލަދޭޝް ފަހަތުން އަރައި ރާއްޖެ ބަލި ކޮށްފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
މިއަދު ކުޅުނު މެޗުގެ ތެރެއިން. -- ފޮޓޯ/ އައްފާން، މަހްފޫޒް
އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ރާއްޖޭގެ ފިރިހެން ބީޗް ވޮލީބޯޓަ ޕެއާ ފުރަތަމަ ސެޓް ގެންގޮސްފައި ވަނިކޮށް ބަންގްލަދޭޝް ފަހަތުން އަރައި މެޗު ކާމިޔާބު ކޮށްފި އެވެ.
ގުރޫޕް އެފްގެ ފަހު މެޗުގައި ރާއްޖޭގެ އެއް ނަމްބަރު ބީޗް ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ފުރަތަމަ ސެޓް ގެންދިޔައީ 21-13 އިންނެވެ.
ނަމަވެސް ދެން ކުޅުނު ދެ ސެޓް ވެސް ބަންގްލަދޭޝްގެ އެމްޑީ އަލީ މުރައްމަރު ރާކޭޝް ޝައިކަތާއި ރަތުލް އަހުމަދުގެ ޕެއާ ވަނީ 21-19 އަދި 17-15 އިން ގެންގޮސްފަ އެވެ.
އޭޝިއަން ގޭމްސްގެ ބީޗް ވޮލީގެ ފިރިހެން ގުރޫޕް އެޗްގައި ރާއްޖެ ކުޅުނު ތިން މެޗުން ވެސް ވަނީ ބަލި ވެފަ އެވެ. މި މެޗުގެ ކުރިން މިޓީމް ވަނީ ޖަޕާނާއި އިރާން އަތުން ބަލި ވެފަ އެވެ.
ބީޗް ވޮލީގައި ދެން އޮތީ ހޮނިހިރު ދުވަހު ކުޅޭ އަންހެން ޓީމުގެ މެޗެވެ. ފާތިމަތު އަނާލް އާއި އާމިނަތު އަރީޝާގެ ޕެއާ ނުކުންނާނީ މޮންގޯލިއާއާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް