Article Top
ޚަބަރު •

މަޖިލީހުގެ ރައީސް ޢަބްދުއް ރަޙީމް، އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ސްޕީކާ އާއެކު!

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މަޖިލީހުގެ ރައީސް ޢަބްދުއް ރަޙީމް، އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ސްޕީކާ އާއެކު!

މަޖިލީހުގެ ރައީސް ޢަބްދުއް ރަޙީމް އާއީ ހައުސް އޮފް ކޮމޮންސްގެ ސްޕީކާ ހޮޔިލް

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއް ރަޙީމް ޢަބްދުﷲ، އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލިސް ނުވަތަ ހައުސް އޮފް ކޮމޮންސްގެ ސްޕީކާ ރައިޓް އޮނަރަބަލް ސާ ލިންޑްޒޭ ހޮޔިލްއާ ބައްދަލު ކުރައްވައިފި އެވެ.

ޢަބްދުއް ރަޙީމް އާއި ހޮޔިލް ބައްދަލުކުރައްވާފައި ވަނީ ޓެންޒޭނިއާގައި މިހާރު ކުރިއަށްދާ 153 ވަނަ އިންޓަ ލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އެސެމްބްލީގެ ހަވާސާގައި އެވެ. އެ ފޮޓޯ ހިއްސާކުރައްވާފައި ވަނީ، ޢަބްދުއް ރަޙީމްގެ އަރިހުގައި އެ ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އެވެ.

Advertisement
Article Inside

އެކްސްގައި ކުރެއްވި އެ ޕޯސްޓުގައި ޝުޖާއު ވިދާޅުވެފައި ވަނީ، 1965 ވަނަ އަހަރު އިނގިރޭސިވިލާތުގެ އަތް ދަށުން ދިވެހިރާއްޖެ އަށް މިނިވަންކަން ލިބުނު ފަހުން، ދެ ޤައުމުގެ ދެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ޤާނޫނު ހަދާ މަޖިލީހުގެ ދެމެދުގައި އޮތް ގުޅުން ވެސް ވަރުގަދަ ވެގެން ދިޔަ ކަމަށެވެ.

މީގެ އިތުރުން އައިޕީޔޫ އާއި ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގެ ހީވަގި މެމްބަރެއްގެ ހައިސިއްޔަތުން، ޤާނޫނު ހަދާ މަޖިލީހުގެ މަޝްވަރާ އާއި، އެއްބާރުލުން އަދި އިޙުތިރާމްކުރުމުގެ މަތީގައި ދިވެހިރާއްޖެ ދެމި އޮންނާނެ ކަމަށް ވެސް އެ ޕޯސްޓުގައި ވިދާޅުވެފައި އެވެ.

ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ގާތް ގުޅުމެއް އޮންނައިރު، 2025 ވަނަ އަހަރު ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި، ހޮޔިލް ވަނީ ރައީސް މުޢިއްޒުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް