ޚަބަރު

މުންދު ރައީސް ނަޝީދަށް: ލޯނު ދައްކައިފިން، ކާބޯތަކެތި ގެނައުމަށް ދައްޗެއް ނުވާނެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މުންދު ރައީސް ނަޝީދަށް: ލޯނު ދައްކައިފިން، ކާބޯތަކެތި ގެނައުމަށް ދައްޗެއް ނުވާނެ

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް

ރާއްޖެ ޑިފޯލްޓްވާނެ ކަމަށް ވިދާޅުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަ ތަކަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

އިދިކޮޅު އެމްޑީޕީގެ ސަރުކާރުން ނަގާފައި އޮތް 150 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު މި ސަރުކާރުން ދެއްކި ޚަބަރު ހިއްސާކުރައްވައި މުންދު ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް ނަޝީދު އާއި ޑިފޯލްޓްވޭތޯ ދުއާ ކުރަމުން ދިޔަ އެންމެނަށް ކުޑަ މެސެޖެއް އޮތް ކަމަށެވެ.

އެގޮތުން މުންދު ވިދާޅުވީ، އެމްޑީޕީގެ ކުރީގެ ސަރުކާރުން ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވާފައި އޮތް މި ދަރަނި ވެސް، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައްކައިފި ކަމަށެވެ. އަދި އެ ދަރަނި ދައްކާފައި ވަނީ، އިތުރު އެހެން ދަރަންޏެއް ނުނަގާ ކަމަށާއި، ތެޔޮ ގަންނަން ބޭނުންވާ ފައިސާ ވެސް އެބަހުރި ކަމަށް މުންދު ވިދާޅުވި އެވެ.

އެއާއެކު މުންދު ވިދާޅުވީ ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯ ތަކެތި ވެސް ގަނެވޭނެ ކަމަށެވެ. ހަމަ އެހެންމެ، ވެރިކަމުން ފައިބައިގެން ދިޔައިރު ބޭނުން ކުރެވޭ ރިޒާވްގައި އެންމެ ދެ މިލިއަން ބެހެއްޓު ބަޔަކު، ބޭނުން ކުރެވޭ ރިޒާވްގެ ވާހަކަ ދެއްކުމަކީ ވެސް މުނާސަބު ކަމެއް ނޫން ކަމަށް މުންދު ވިދާޅުވި އެވެ.

އެ ޕޯސްޓު ނިންމާލައްވަމުން މުންދު ވިދާޅުވެފައި ވަނީ، ރައްޔިތުންނަށް ބިރު ދައްކަން އައު މައުޟޫއެއް ހޯއްދެވުން ބުއްދިވެރިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް