ޗެއާޕާސަން އާއި މެނޭޖިން ޑިރެކްޓަރު ހިމެނޭހެން، ވަޤުފު ކުންފުންޏަށް މެމްބަރުން އައްޔަންކޮށްފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ވަޤުފް ކުންފުނީގެ ބޯޑަށް އައްޔަން ކުރެއްވި މެމްބަރުން - ފޮޓޯ/ ޕީއެސްއެމް ނިއުސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑު، ނުވަތަ ވަޤުފު ކުންފުނީގެ ބޯޑަށް މެމްބަރުން އައްޔަންކުރައްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ހާމަކޮށްފައިވާ ގޮތުގައި ވަޤުފު ކުންފުންޏަށް ވަނީ ޗެއާޕާސަން އާއި މެނޭޖިން ޑިރެކްޓަރުގެ އިތުރުން ބޯޑު މެމްބަރުންގެ ގޮތުގައި ފަސް ބޭފުޅަކު އައްޔަންކުރައްވައިފަ އެވެ.
އެގޮތުން ވަޤުފު ކުންފުނީގެ ޗެއާޕާސަން އަކަށް އައްޔަން ކުރައްވާފައި ވަނީ އައްޝައިޚް ޢިއްޒައްދީން އަދުނާން އެވެ. އަދި މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަން ކުރައްވާފައި ވަނީ ޔާމީން އިދްރީސް އެވެ. މީގެ އިތުރުން ބޯޑު މެމްބަރުންގެ ގޮތުގައި އައްޔަން ކުރައްވާފައިވާ ފަސް މެމްބަރުންނަކީ ޙުސެއިމް ޝާމް އާދަމް، ޑޮކްޓަރު މުޙައްމަދު ޝުޖާއު، މަރްޔަމް ނިހާޔަތު، ޢަބްދުﷲ އަލީ އަދި މުޙައްމަދު ޙިލްމީ އެވެ.
ރައީސް މުޢިއްޒު ވަޤުފު ކުންފުނި އުފައްދަވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. މި ކުންފުނީގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތު ކުރުމުގެ އިތުރުން އާބާތުރަ ފިލުވުމެވެ. ހަމައެހެންމެ މިސްކިތްތަކަށް ބޭނުންވާ އެންމެހާ ވަަސީލަތްތައް ޤާއިމުކޮށްދިނުމަކީ ވެސް މި ކުންފުނިން ކުރާނެ ކަމެކެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި އެކި ކަންކޮޅު ތަކުގައި މިސްކިތްތައް ބިނާކުރުމާއި، ޒަމާނީ ފެންވަރުގެ އިސްލާމިކް ސެންޓަރުތައް ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ދީނީ ކަންކަން ކުރިއަރުވައ، ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ވެސް ސަރުކާރުން ޚާއްސަ އަހަންމިއްޔަތު ކަމެއްދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް