ޚަބަރު

ޤައުމަށް ފައިދާހުރި އިސްލާޙެއް ނަމަ ސަރުކާރުން ތާއީދު ކުރާނެ: ރައީސް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޤައުމަށް ފައިދާހުރި އިސްލާޙެއް ނަމަ ސަރުކާރުން ތާއީދު ކުރާނެ: ރައީސް

ނޭޝަން ޗެޓް ޕްރޮގްރާމްގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވާހަކަ ދައްކަވަނީ.

ޤައުމަށް ފައިދާ ހުރި ކޮންމެ އިސްލާޙެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަމަވެސް، ސަރުކާރުން ތާއީދު ކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ދައުލަތުގެ މީޑިއާ އިން ގެނެސްދިން ނޭޝަން ޗެޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރަނގަޅު ކަންކަން ވިސްނޭނީ ސަރުކާރު މެމްބަރުންނަށް އެކަނި ނޫން ކަމަށެވެ. އެގޮތުން އަމިއްލަ މެމްބަރަކަށް ވެސް ރަނގަޅު ކަމެއް ވިސްނިގެން، އިސްލާޙެއް ހުށަހަޅުއްވާފައި ވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސްް މުޢިއްޒު ވިދާޅުވީ، އެ ހުށަހަޅުއްވާ އިސްލާޙަކީ ޤައުމަށް ފައިދާހުރި އަދި ބޭނުންތެރި އިސްލާޙަކަށް ވެއްޖެ ނަމަ، ސަރުކާރުން އެއަށް ތާއީދު ކުރުމަކީ ރަނގަޅު ގޮތެއް ކަމަށެވެ.

އެ ޕްރޮގްރާމްގައި ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ. މާލޭގައި ވެސް، އަދި އަތޮޅު ތެރޭގައި ވެސް އެކަން ކުރަން މަސައްކަތް ކުރައްވާކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ފެންނަނީ ސަރުކާރާ ޚިޔާލު ތަފާތު ކައުންސިލް ތަކުން އެހެން ގޮތަކަށް އަމަލު ކުރާ މަންޒަރު ކަމަށެވެ.

ސިޔާސީ ވިސްނުން އިސްކޮށް، ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނުނެރެ ބައެއް ކައުންސިލް ތަކުން މަސައްކަތް ކުރާ ކަމަށް ރައީސް މުޢިއްޒު ފާހަގަ ކުރެއްވި އެވެ. ބައެއް ކައުންސިލް ތަކުން ސިޔާސީ ވިސްނުން އިސްކުރުމުގެ ސަބަބުން، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކާއި، ވައުދުތައް ފުއްދުމުގައި ލަސްތަކެއް ދިމާވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނަކީ ވަރަށް ބޮޑަށް ލާމަރުކަޒީ ނިޒާމު ޤަބޫލުކުރާ، އަދި އެ ނިޒާމު ތަންފީޒު ކުރުމަށް މަސައްކަތް ކުރެއްވި މީހެއް ކަމަށާއި، އެހެންވެ އެކަންކަމަށް ޙައްލު އަންނަން ޖެހޭ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް