ޚަބަރު

ގުޅީފަޅުގައި 4000 ފެލްޓު އުޅުމަށް ތައްޔާރުވަނީ، މިއަހަރު އަމަލީ މަސައްކަތް ފަށާނެ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ގުޅީފަޅުގައި 4000 ފެލްޓު އުޅުމަށް ތައްޔާރުވަނީ، މިއަހަރު އަމަލީ މަސައްކަތް ފަށާނެ

ގުޅީފަޅު --

ގުޅީ ފަޅުގައި 4000 ފްލެޓު އެޅުމުގެ މަސައްތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްއިން ގެނެސްދިން ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގުޅީފަޅުގައި 4000 ހައުސިން ޔުނިޓު އެޅުމަށް ނިންމައިފައިވާކަމަށެވެ.

މިވަގުތު ކުރިއަށް ދަނީ އެގްޒިމް ބޭންކާ އެކު ފައިނޭންޝަލް ޓާމްސްގެ އެންމެ ފަހުގެ މަރުހަލާ ކަމަށާއި އެ މަޝްރޫއު ވެސް މިއަހަރު ފެށޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެ މަޝްރޫއު ފެށުމުގެ ކުރިން ކުރަންޖެހޭ އިދާރީ ކަންކަން ނިމުނުހާ އަވަހަކަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުންކަމަށެވެ.

އެ މަޝްރޫއުގެ އިތުރުން ފްލެޓު އެޅުމުގެ އިތުރު މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މާލެ ސަރަހައްދުގައި އަޅާ 5000 ފްލެޓު ކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައި ހުރީ އެ މަޝްރޫއު ވެސް މިއަހަރުގެ ތެރޭގައި ފެށުމަށްކަމަށެވެ.

Veekan - Stories from a thousand islands."Flat List December gai Iulaankohfi, 2028 August gai Falt Havaalukuranee"ރޭ ޕީއެސްއެމް ނިއުސްއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރު ފްލެޓު ލިބޭ މީހުންގެ ލިސްޓު މިއަހަރު އާންމުކުރުންކަމަށެވެ. މީގެ އިތުރުން ފްލެޓު ލިބޭ މީހުންނަށް 2028 ވަނަ އަހަރުގެ އޮގަސްޓުމަހު ފްލެޓުތައް ނިންމައި އެ ފްލެޓުތައް ހަވާލުކު…

މި ސަރުކާރުން މިދިޔަ މާޗު މަހުގެ ތެރޭގައި ވަނީ 3260 ހައުސިން ޔުނިޓްގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށް ބިންގާ އަޅައިފައެވެ.

އެ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3 ގައި ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)އާ ހަވާލުކޮށްގެން 1224 ހައުސިން ޔުނިޓް އަދި ފޭސް 3 ގައި ބެއިންޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ)އާ ހަވާލުކޮށްގެން 1190 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދެއެވެ.

މީގެ އިތުރުން ހުޅުމާލެ ފޭސް 1 ގައި އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން 364 ހައުސިން ޔުނިޓް އަޅާއިރު އެފް ޑަބްލިއު ކޮންސްޓްރްކްޝަންއިން ފޭސް 1 ގައި 182 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދެއެވެ.

އެ މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީއިން ދަނީ ކުރަމުންނެވެ.

އަދި މިދިޔަ މަހު އިތުރު 1000 ހައުސިން ޔުނިޓު އެޅުމަށް ވަނީ ކުންފިނިތަކާ ހަވާލުކޮށްފައެވެ. އެގޮތުން ފްލެޓު އެޅުމަށް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، ޖޭވީ ޕާޓްނާޝިޕް - ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ރަޝީދު ކާޕެންޓްރީ އެންްޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިނިޓެޑްގެ އިތުރުން ޖޭވީ ޕާޓްނާޝިޕް - ފްލެކްސިން ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑެވެ. އެ މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކަށް ހަވާލުކޮށްފައިވަނީ 200 ހައުސިން ޔުނިޓް އެޅުމަށެވެ.

އެ ފްލެޓުތަކުގެ މަސައްކަތްތައް 2028 ވަނަ އަަހަރުގެ އޮގަސްޓުމަހަށް ނިންމުމަށް ސަރަކާރުން ވަނީ އަމާޒުހިފައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް