ބިދޭސީން ކުށް ކުރާނަމަ، އެ މީހާ ގެނައި ދިވެހި މީހާއަށް ވެސް ފިޔަވަޅު އަޅާނަން: މިނިސްޓަރު
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
މިނިސްޓަރު އިހުސާން ނޫސްވެރިންގެ ބައްދަލުވުމުގައި --- ފޮޓޯ/ ރައީސް އޮފީސް
ބިދޭސީން ކުށް ކުރާނަމަ، އެ ބިދޭސީ މީހާ ގެނައި ދިވެހި މީހާއަށް ވެސް ފިޔަވަޅު އަޅާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ އެމީހެއްގެ ނަމުގައި ގެންނަ ބިދޭސީ މީހާ ކުށް ކުރާ ނަމަ ދިވެހި މީހާއަށް ފިޔަވަޅު އަޅާނެކަމަށެވެ.
މިހާރު ގާނޫނަށް ގެނެވިފާވާ އިސްލާހުގެ ތެރެއިން ބިދޭސީ މީހާއާ ދޭތެރޭގައި އިހުމާލުވާ ދިވެހި މީހާއަށް ވެސް ފިޔަވަޅު އެޅިގެންދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ބިދޭސީ މިހާ ކުރާ ކޮންމެ ކުށަކަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ދުވެހި ބަލަދުވެރި މާހާއަށް ކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރު އަމާޒަކީ އަދި ވިސްނުމަކީ ވެސް ރައްޔިތުން ކޮށްވެރިކޮށްގެން ދިވެހިންނަށް އަދަބު ދީގެން ގެންގުޅެން ނޫންކަމަށާއި، ސަރުކާރުގެ ވިސްނުމަކީ ގާނޫނާއި ގަވައިދަށް ރައްޔިތުން އަހުލުވެރިކޮށްގެން ކުށްތަކާ ދުރުކުރުންކަމަށެވެ.
ނަމަވެސް މިހާރު ބިދޭސީން ކުރިއަށް ނެރެގެން އެ ބިދޭސީ މިހާ ލައްވައި ގާނޫނާ ހިލާފު ވިޔަފާރިތަކާއި ކުށްކުށަށް އަރައިގަންނަ ދިވެހިންނަށް އެކަންކަމާ ދުރުވާން ފުރުސަތު ދެވިއްޖެކަމަށާއި، ވަރަށް އަވަހަށް އެކަންކަމަށް ފިޔަވަޅުއަޅައި ގާނޫނުތައް ތަންފީޒުކުރާތަން ފެންނާނެކަމަށް އިހުސާން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް