ޚަބަރު

ރައީސް މުއިއްޒުއަށް ދެވަނަ ދައުރެއް ހޯދައިދުނުމަށް މެންބަރުންނާއެކު މަސައްކަތްކުރާނަން: ޝުޖާއު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރައީސް މުއިއްޒުއަށް ދެވަނަ ދައުރެއް ހޯދައިދުނުމަށް މެންބަރުންނާއެކު މަސައްކަތްކުރާނަން: ޝުޖާއު

ޝުޖާއު --

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދެވަނަ ދައުރެއް ހޯދައިދޭން މަސައްކަތް ކުރައްވާނެކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ޕީއެންސީގެ މަތީ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބުރައީސުން އިންތިހާބުކުރުމަށް ނެގި ވޯޓުން ޝުޖާއު އެ މަގާމަށް ހޮވި ވަޑައިގަތުމުން އެކްސްގއި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެވަނަ ދައުރަކަށް ޕީއެެންސީގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބު ކޮށްދެއްވި ކަމަށްޓަކައި ޕާތީގެ އެންމެހައި މެންބަރުންނަށް ޝުކުރު ދަންނަވާކަމަށެވެ.

ކުރިއެކޭ އެގޮތަށް ޕާޓީގެ އާންމު މެންބަރުންނާ ދެމެދު އޮންނަ ގާތް ގުޅުން ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން އެ މެންބަރުންނަށް ޝުޖާއު ވަނީ އަރުވައިފައެވެ.

މީގެ އިތުރުން އެ މެންބަރުންގެ އުފަލާއި ހިތާމައިގައި ބައިވެރިވާނެ މީހަކަށް ވާނެކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕާޓީގެ މެންބަރުންނާއެކު ރައީސް ޑރ، މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބުކޮށްދެއްވުމަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރާނެކަމަށެވެ.

ޝުޖާއު ޕީއެންސީގެ ނައިބު ރައީސްކަމަށް އިންތިހާބުވީ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ހަ ނައިބު ރައީސުން އިންތިހާބުކުރުމަށް ނެގި ވޯޓުގައި ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ހޯދައިގެންނެވެ.

ޕީއެންސީގެ މަތީ މަޖިލީހުގައި ނައިބު ރައީސުން އިންތިހާބުކުރަން ނެގި ވޯޓުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއަށެވެ. ރާފިއުއަށް ވަނީ 968 ވޯޓު ލިބިފައެވެ. ދެ ވަނަ އަށް އިންތިޚާބުވެ ވަޑައިގެންނެވި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަށް 964 ވޯޓު ލިބިވަޑައިގެންނެވިއިރު، ތިން ވަނަ އަށް އިންތިޚާބުވެ ވަޑައިގެންނެވި ނިލަންދޫ ދައިރާގެ މެންބަރު ފާތިމަތު ސައުދާ އަށް ލިބިވަޑައިގެންނެވީ 923 ވޯޓެވެ.

ހަތަރުވަނަ ޝުޖާއުއަށް ލިބުނުއިރު، އިކޮނަމިކް މިނިސްޓަރު ސައިދު ވަނީ 833 ވޯޓާއެކު ފަސްވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވައިފައެވެ. ހަވަނައަށް އެންމެ ގިނަ ވޯޓު 780 ވޯޓާއެކު ލިބިވަޑައިގަތީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފްއަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް