ޚަބަރު

ރައީސް ޑރ. މުއިއްޒު، އިންޖިނިއާސް އެވޯޑް 2026 ޝަރަފުވެރިކޮށްދެއްވައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ރައީސް ޑރ. މުއިއްޒު، އިންޖިނިއާސް އެވޯޑް 2026 ޝަރަފުވެރިކޮށްދެއްވައިފި

އިންޖިނިއާސް އެވޯޑް 2026 ގެ ތެރެއިން ---

ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ފާހަގަކޮށްލެވޭ ލާމަސީލު ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ އިންޖިނޭރުންގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ދިވެހި ސަރުކާރުން ދެއްވާ "އިންޖިނިއާސް އެވޯޑް 2026" ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ބަރސެލޯ ނަސަންދުރާގައި ރޭ ބޭއްވި "އިންޖިނިއާސް އެވޯޑް 2026" އަކީ، ދިވެހިރާއްޖޭގެ އިގުތިސާދު ކުރިއެރުވުމުގައި އިމާރާތްކުރުމުގެ ސިނާއަތަކީ މުހިންމު އެއް ސިނާއަތް ކަމަށްވާތީއާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، އިންޖިނިއަރިން ދާއިރާގެ މަސައްކަތްތެރީންނަށް ގައުމީ ފެންވަރުގައި ޝަރަފާއި ޤަދަރު ދިނުމަށް އިންޖިނޭރުންގެ ދުވަހާ ގުޅިގެން ބޭއްވި އެވޯޑު ހަފުލާއެކެވެ.

މި އަހަރުގެ އިންޖިނިއަރުންގެ އެވޯޑު ހަފުލައިގައި ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް، އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑް، ޔަންގް އިންޖިނިއާ އެވޯޑް، ސްޓޫޑެންޓް އިނޮވޭޓާ އެވޯޑް، ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް އަދި ވިމެން އިން އިންޖިނިއަރިން އެވޯޑް ވަނީ އަރުވާފައިވެއެވެ.

މީގެ އިތުރުން، މިރޭ އެރުވި އެވޯޑްތަކުގެ ތެރޭގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި އިންޖިނިއާ އޮފް ދަ އިޔާ އެވޯޑްވެސް ހިމެނެއެވެ. އެ އެވޯޑުތައް އަރުވައިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

ންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ،މިދިޔަ އަހަރުއެވެ. އެމަނިކުފާނު މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30 ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް