ސައިކަލާއެކު މޫދަށް ވެއްޓުނު ޒުވާނާގެ ހާލު ސީރިއަސް
އަލީ އީމާން
ލިޔުންތެރިޔާ
އެކްސިޑެންޓުގައި މޫދަށް ވެއްޓުނު ސައިކަލު
ލ.ގަމުގައި ކުރަިއަށް ދިޔަ ރޭސިން ޗެމްޕިއަންޝިޕް މުބާރާތުގައި ދުއްވި ސައިކަލާއެކު މޫދަށް ވެއްޓުނު ޒުވާނާގެ ހާލު ސީރިއަސްވެއްޖެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި ހާދިސާގެ މައުލޫމާތު އެ އިދާރާ އަށް ލިބިފައިވަނީ އިއްޔެ ހެނދުނު 10:00 ގައި ކަަމަށެވެ. އަދި މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް އެ އިދާރާ އިން ވަނީ ބުނެފައި އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އަނިޔާ ލިބުނު ޒުވާނާ އަށް ފަރުވާ ދެމުންދަނީ ލ.ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށެވެ. ނަަމަވެސް ޒުވާނާ އަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމަކޮށްފައި ނުވެ އެވެ.
މި މައްްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް