ޚަބަރު

ހިޔާ ފްލެޓު ބެލްކަނީގައި ޖިންސީގުޅުން ހިންގި މައްސަލަ ބަލަނީ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ހިޔާ ފްލެޓު ބެލްކަނީގައި ޖިންސީގުޅުން ހިންގި މައްސަލަ ބަލަނީ

ހިޔާ ފުލެޓު

ހިޔާ ފްލެޓު ބެލްކަނީގައި އެންމެންނަށް ފެންނާނެގޮތަށް ޖިންސީ ގުޅުން ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މިއަދު ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ވީޑިއޯއިން ފެންނަ ގޮތުގައި، އަންހެނެކާއި ފިރިހެނަކާ ވެގެން ބަދުއަހުލާގީ އަމަލު ހިންގާފައިވަނީ އެޕާޓްމަންޓެއްގެ ބެލްކަނީގައެވެ. އަދި ވީޑިއޯއިން ލަފާކުރެވޭ ގޮތުގައި އެ މީހުން އެކަން ކޮށްފައިވަނީ ދުވާލުގެ ވަގުތުގައެވެ. އަދި އެ އަމަލު ހިންގައިފައިވަނީ 12 ވަނަ ޓަވަރުގައެވެ

އެކަމާ ގުޅިގެން ފުލުހުން ބުނީ ބަޔަކު ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ބެލެވޭ މަންޒަރު ފެންނަ މި ވީޑިއޯ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.

މީގެ ކުރިން ވެސް މަދުން ނަމަވެސް މިފަދަ މައްސަލަތައް ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ

އާންމު ތަންތަނުގައި ބަދުއަހުލާގީ އަމަލު ހިންގުމަކީ ރާއްޖޭގެ ގާނޫނުތަކުން މަނާ ކަމެކެވެ. 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް