Article Top
ޚަބަރު •

މިނިސްޓަރުންގެ 9 ވަނަ "އަހާ" ފޯރަމް މިރޭ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މިނިސްޓަރުންގެ 9 ވަނަ "އަހާ" ފޯރަމް މިރޭ

އާދީއްތަ ދުވަހުގެ ރޭ އޮންނަ "އަހާ" ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ ތިން މިނިސްޓަރުން.

ސަރުކާރުން މިނިސްޓަރުން ބައިވެރިވެ ވަޑައިގަންނަވާ "އަހާ" ފޯރަމްގެ ނުވަ ވަނަ ފޯރަމް މިރޭ އޮންނާނެ އެވެ.

މިއީ ރައީސް އޮފީހާއި، ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގުޅިގެން ގެނެސްދޭ ފޯރަމް އެކެވެ. މި ފޯރަމް ބާއްވަނީ ސަރުކާރުގެ މިނިސްޓްރީ ތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމާއި، ރައްޔިތުންގެ ސުވާލުތަކަށް މިނިސްޓަރުން ޖަވާބު ދެއްވުމުގެ މަޤުސަދުގައި އެވެ.

Advertisement
Article Inside

މިރޭގެ އޮންނަ ފޯރަމްގައި ވެސް ތިން މިނިސްޓަރަކު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އެއީ ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން އާއި، ހެލްތު މިނިސްޓަރު ޤީލާ އަލީ އަދި އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު އެވެ. މިރޭގެ ފޯރަމް ވެސް ފަށާނީ 21:00 ގައި އެވެ.

Uploaded image

މި ފޯރަމްގައި އެތަނަށް ހާޒިރުވެ ސުވާލު ކުރުމުގެ ފުރުސަތު އޮންނައިރު، ސޯޝަލް މީޑިިއާގެ ފްލެޓްފޯމްތައް މެދުވެރިކޮށް ވެސް ސުވާލު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނާނެ އެވެ. މިރޭ ބޭއްވުމަށް ހަަމަޖެހިފައި ވަނީ "އަހާ" ފޯރަމްގެ ނުވަ ވަނަ ފޯރަމް އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް