Article Top
ކުޅިވަރު •

އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހާސިލް ކުރީ ފައިސަލް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހާސިލް ކުރީ ފައިސަލް

ކީޕަރު ފައިސަލް -- ފޮޓޯ/ ނިއު

އެފްއޭއެމް އެވޯޑްސް 2026 ގައި ހޮވި މިދިޔަ ސީޒަންގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ނިއު ރޭޑިއަންޓާއި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް ހޯދައިފި އެވެ.

މިއީ އޭނާ މި އެވޯޑް ހޯދި ފުރަތަމަ ފަހަރެވެ. އެފްއޭއެމުން އެންމެ ފަހުން މި އެވޯޑް ދީފައި ވަނީ 2017 އާއި 2018 ގަ އެވެ.

Advertisement
Article Inside

ފައިސަލް އެވޯޑް ހޯދީ މާޒިޔާގެ ހުސެއިން ޝަރީފް (ހުސެން)، އީގަލސް އަށް ކުޅުނު މުހައްމަދު އަޝްވާން އަދި އޮޑި ސްޕޯޓްސް ކްލަބަށް ކުޅުނު މުހައްމަދު ޝަފީއު (ޗެކް) އާ ވާދަ ކޮށެވެ.

ތަޖުރިބާކާރު ކީޕަރު ފައިސަލް ސީޒަން ފެށީ ބުރު ސްޕޯޓްސްގެ ކެޕްޓަންގެ ގޮތުގައި ނަމަވެސް، ސީޒަންގެ ކުރީކޮޅު ނިއުރޭޑިއަންޓްގެ ކީޕަރުންނަށް ލިބުނު އަނިޔާތަކާ ގުޅިގެން އެ ކްލަބަށް ބަދަލުވެ، ނިއުއިން ލީގުގެ ތިންވަނައިގައި ނިންމާލުމާއި އެފްއޭ ކަޕް ކާމިޔާބުކުރުމުގައި ބޮޑު ދައުރެއް އޭނާ އަދާކުރި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް